ކ. މާލެ
|
28 އޭޕްރިލް 2025 | ހޯމަ 11:17
އިސްރާއީލް އިން ދިން ހަމަލާގެ ސަބަބުން، އިމާރާތަކުން ދުން އަރަމުން އަންނަ މަންޒަރު
އިސްރާއީލް އިން ދިން ހަމަލާގެ ސަބަބުން، އިމާރާތަކުން ދުން އަރަމުން އަންނަ މަންޒަރު
ރޮއިޓަރސް
އިސްރާއީލް-ހިޒްބުﷲ ހަނގުރާމަ
އިސްރާއީލް އިން ހިޒްބުﷲ ގެ ހަތިޔާރު ރައްކާ ކުރާ އިމާރާތަކަށް ހަމަލާ ދީފި
ހަމަލާގެ ސަބަބުން، އިސްރާއީލް އާއި ހިޒްބުﷲ އާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ވަނީ ބުނެފައި.

ހިޒްބުﷲ ޖަމާއަތުން، އެ ޖަމާއަތުގެ ހަތިޔާރުތައް ރައްކާ ކުރަމުން އަންނަ އިމާރާތަކަށް އިސްރާއީލް އިން ހަމަލާ ދީފި އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން މި ހަމަލާ ދީފައި ވަނީ ލުބުނާންގެ ވެރި ރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުގައި ހުރި އިމާރާތަކަށެވެ. އަދި މި ހަމަލާ ދީފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގަ އެވެ. 

އިސްރާއީލް އިން ބުނެފައިވާ ގޮތުގައި، އެމީހުން ހަމަލާ ދިން އިމާރާތަކީ ހިޒްބުﷲ ޖަމާއަތުން ހަތިޔާރު ރައްކާ ކުރަމުން އަންނަ އިމާރާތެކެވެ. 

މި ހަމަލާގެ ސަބަބުން، އިސްރާއީލް އާއި ހިޒްބުﷲ އާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. 

ހަމަލާ ދިނުމުގެ ކުރިން އިސްރާއީލް އިން ވަނީ އެ ސަރަހައްދުގައި އުޅޭ އާންމު ރައްޔިތުން، އެ ސަރަހައްދު ދޫކޮށް ދިޔުމަށް އިންޒާރު ވެސް ދީފަ އެވެ. އިސްރާއީލް އިން ދިން ހަމަލާގެ ސަބަބުން އިމާރާތުން ބޯ ދުންތަކެއް އަރަމުން ދިޔަ މަންޒަރު ވެސް ލައިވް ފުޓޭޖު ތަކުން ފެނިފައިވެ އެވެ.

އިސްރާއީލްގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވެފައިވާ ގޮތުގައި، ހިޒްބުﷲ ޖަމާއަތުގެ ޕްރިސިޝަން މިސައިލް ތަކަކީ އިސްރާއީލަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. 

މި ހަމަލާއާ ގުޅޭ ގޮތުން ހިޒްބުﷲ ޖަމާއަތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.

- ކޮމެންޓް