ކ. މާލެ
|
27 އޭޕްރިލް 2025 | އާދީއްތަ 09:44
ޕޯޕް ފްރާންސިސްގެ ޖަނާޒާގެ ތެރެއިން އެމެރިކާގެ ރައީސް ޓްރަމްޕާއި، ޔުކްރެއިންގެ ރައީސް ޒެލެންސްކީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވަނީ
ޕޯޕް ފްރާންސިސްގެ ޖަނާޒާގެ ތެރެއިން އެމެރިކާގެ ރައީސް ޓްރަމްޕާއި، ޔުކްރެއިންގެ ރައީސް ޒެލެންސްކީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވަނީ
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޓްރަމްޕާ އާއި ޒެލެންސްކީ ބައްދަލު ކުރައްވައިފި
ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްްކަވައި، މަޝްވަރާ ކުރައްވާފައި.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ބައްދަލު ކުރައްވައިފި އެވެ. 

މި ދެ ބޭފުޅުން ބައްދަލު ކުރައްވާފައި ވަނީ ފްރާންސްގެ ފާދިރީ ޕޯޕް ފްރާންސިސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައި ގަތުމަށް ވަޑައިގެން އުޅުއްވުމުގެ ތެރެއިންނެވެ.

ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްްކަވައި، މަޝްވަރާ ކުރައްވައިފަ އެވެ.

ދެ ރައީސުން ބައްދަލު ކުރައްވާފައި ވަނީ، އެއްްވެސް ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމާއި، ދެމެހެއްޓެނިވި ސުލްހަވެރިކަމެއް ޤަާއިމު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެ ބަދަލުުވުން ވެގެން ދިޔައީ ވަރަށް ތާރީޚީ ބައްދަލުވުމަކަށް ކަމަށެވެ. 

ޔުކްރެއިންގެ ރިޔާސީ ގަނޑުވަރުން ހާމަކުރި ފޮޓޯ ތަކުގައި ދައްކާ ގޮތުން، ޓްރަމްޕާއި ޒެލެންސްކީ ބެސިލިކާގެ އެއްކަނުގައި ތިއްބަވައިގެން، ގިނަ ވާހަކަތަކެއް ދައްކަވާފައިވެ އެވެ.

މި ބައްދަލުވުމުގައި އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާގެ އިތުރުން ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޓްރަމްޕާއި ޒެލެންސްކީގެ މެދުގައި އޮތް ގުޅުން ފަހަކަށް އައިސް ގޯސްވި ނަމަވެސް، އަނެއްކާ ވެސް އެ ގުޅުްނ ރަނގަޅު ވަމުން އަންނަ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ ކުރިން، ފެބްރުއަރީ 28 ވަނަ ދުވަހު ވައިޓް ހައުސްގައި ބޭއްވުނު ބައްދަލުވުމެއްގައި، ޓްރަމްޕް އަދި އޭނާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ ޒެލެންސްކީ، އެމެރިކާގެ އެހީ އަށް ޝުކުރުވެރި ނުވާ ކަމަށް ބުނެ ފާޑު ވިދާޅުވެފަ އެވެ.

ނަމަވެސް، އެންމެ ފަހުގެ މި "ބިނާކުރަނިވި" ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުވެ، ސުލްހަ އަށް މަގުފަހި ވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ.

- ކޮމެންޓް