ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 12:58
އައިޖީއެމްއެޗް - އެ ޒުވާނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި
އައިޖީއެމްއެޗް - އެ ޒުވާނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި
ރާއްޖެއެމްވީ
ފުރާޅުމައްޗަށް ޒުވާނެއް ވެއްޓުން
ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި: އައިޖީއެމްއެޗް
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާގެ ހާލު ސީރިއަސް
18 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނު ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެއް
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި، އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާގެ ހާލު ސީރިއަސްއެވެ.

18 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނު ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓު ހުކުރު ދުވަހުގެ ހެނދުނު 7:30ގައި ލިބިފައިވާ ކަމަށާއި، ސިފައިންގެ އެހީތެރިކަމާ އެކު އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް