ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 12:32
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 41 އަހަރުގެ ބަދީޢުއްޒަމާން
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 41 އަހަރުގެ ބަދީޢުއްޒަމާން
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި
އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވޭ، ވަގުތީ ބަރުދަނަކީ 52.32 ގްރާމް ހުރި
ބަންދަށް ވަނީ 15 ދުވަސް ޖަހާފައި
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން

ކ.ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ޑިވައިންޓެސްޓް، 41 އަހަރުގެ ބަދީޢުއްޒަމާން ކަމަށެވެ.

ފުލުހުން ބުނީ މާލެއިން ކ. ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކައިރިން ކަމަށާއި، މި އެޕްރީލް މަހުގެ 16 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 52.32 ގްރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް