Advertisement
ކ. މާލެ
|
4 އޯގަސްޓް 2025 | ހޯމަ 23:26
ހއ. ބާރަށުން މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން: އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި
ހއ. ބާރަށުން މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން: އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި
ޕޮލިސް މީޑިޔާ
މަސްތުވާތަކެތި
ބާރަށުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި ހއ ބާރަށުން ވަނީ ދެމީހަކު ހައްޔަރުކޮށްފަ
އޮޕަރޭޝަނުގައި ގެއަކުން 5.96 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނުނު
ހައްޔަރުކުރެވުނު ދެމީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަނެކަކު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކުރެވުނު

ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

އެ ދެ މީހުން ހައްޔަރު ކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ބުނީ ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 5.96 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ވަނަވަރާއި ފޮޓޯވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ކަރނޭޝަންވިޔު، އަބްދުﷲ ފަޞީޙް (37އ) އާއި ހއ. ބާރަށް / ކަރނޭޝަންވިޔު ، އިބްރާހީމް ކަލީމް (34އ) އެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ފަޞީޙް 15 ދުވަހަށް އަދި އިބްރާހީމް ކަލީމް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ބާރަށު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް