ކ. މާލެ
|
19 އޭޕްރިލް 2025 | ހޮނިހިރު 14:53
ސައުދީ ސަރުކާރުން ރާއްޖެއަށް ހަވާލުކުރި މުސްހަފުތަކާ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ހަވާލުވެލައްވަނީ
ސައުދީ ސަރުކާރުން ރާއްޖެއަށް ހަވާލުކުރި މުސްހަފުތަކާ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ހަވާލުވެލައްވަނީ
އިސްލާމިކް މިނިސްޓްރީ
މުސްހަފް ހަދިޔާކުރުން
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި
މިއީ ސައުދީއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ހާމަވެގެންދާ ކަމެއް
ހަދިޔާކުރި މުސްހަފްތަކަކީ ގުރުއާނުގެ އިލްމު ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް

މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ މުސްހަފު، ސައޫދީ އަރަބިއްޔާގެ ސަރުކާރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފުރަތަމަ ޝިޕްމެންޓުގައި 25،000 މުސްހަފު ސައޫދީ ސަރުކާރުން ރާއްޖެއަށް ފޮނުވާފައިވާ ކަމަށެވެ.

މި މުސްހަފުތައް ހަވާލުކޮށްފައި ވަނީ މިނިސްޓްރީއާއި ސައޫދީ އެމްބަސީއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.

މި މުސްހަފްތައް ވުޒާރާއާއި ހަވާލުކޮށްދެއްވީ ސައުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީ އެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މުސްހަފްތަކާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވަނީ ރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަށް ޓަކައި ސައޫދީ ރަސްގެފާނު ސަލްމާން ބުން އަބްދުލް އަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް އަހުދު އަލްއަމީރު މުހައްމަދު ބުން ސަލްމާންއަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި މިއީ ސައުދީއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ހާމަވެގެންދާ ކަމެއް ކަމަށާއި ސައުދީ ސަރުކާރުން ހަދިޔާކުރި މުސްހަފްތަކަކީ ގުރުއާނުގެ އިލްމު ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވި އެވެ.

- ކޮމެންޓް