ކ. މާލެ
|
18 އޭޕްރިލް 2025 | ހުކުރު 15:29
ރައީސްގެ ދަރިކަލުންނާއި ގުޅުވައި ދެއްކި ވާހަކައިގެ މައްސަލައިގައި މަންދި، ފައްޔާޒް އަދި އެމްޑީޕީއަށް ދައުވާކުރަން ހުށަހަޅާފައިވޭ
ރައީސްގެ ދަރިކަލުންނާއި ގުޅުވައި ދެއްކި ވާހަކައިގެ މައްސަލައިގައި މަންދި، ފައްޔާޒް އަދި އެމްޑީޕީއަށް ދައުވާކުރަން ހުށަހަޅާފައިވޭ
ރާއްޖެއެމްވީ
ބިރުދެއްކުމުގެ މައްސަލަ
ސަރުކާރާ އިދިކޮޅު އަޑު ކަނޑުވާލައި ސިޔާސީ މީހުންނަށް ބިރު ދެއްކުމަށް އުފުލާފައިވާ ދައުވާތަކާ މެދު އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
މިއީ ރައީސުލްޖުމްހޫރިއްޔާގެ ހުދުމުހުތާރުކަމާ ދެކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ކޮށްފައިވާ ކަމެއް
މަންދި މުޒާހަރާއެއްގައި އެއްވެސް ކުޑަކުއްޖެއްގެ ނަމެއް ހާމަކޮށްފައި ނުވާނެ
ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލެއްގެ ނަން އާންމުކޮށްފައިވަނީ ސާޖިދާ މުހައްމަދުގެ ވަކީލު އާޒިމާ ޝަކޫރު

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކާފައިވާ ކަމަށް ތުހުމަތުކޮށް، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި މި ޕާޓީގެ ޗެއަރޕާސަން ފައްޔާޟް އިސްމާއީލް އަދި މި ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދި)ގެ މައްޗަށް، ރާއްޖޭގެ ދެ ކޯޓެއްގައި އުފުލާފައިވާ ދައުވާތަކާ މެދު އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި ދައުވާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ހުދުމުހުތާރުކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކުގެ އަޑު ކަނޑުވާލައި، ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ މީހުންނަށް ބިރު ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރައްވާ ދައުވާތަކެއް ކަމަށް އެމްޑީޕީ އިން ބުނެ އެވެ.

އެ ޕާޓީން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި އެއްވެސް ކުޑަކުއްޖެއްގެ ނަމެއް ހާމަކޮށްފައި ނުވާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ވަކިން ހާއްސަކޮށް، ދައުވާ އުފުލާފައިވާ އެ ޕާޓީގެ މެންބަރު މަންދިގެ ވާހަކައިގައި ވެސް އެއްވެސް ކުއްޖެއްގެ ނަމެއް ގެނެސްފައި ނުވާކަން އެ މުޒާހަރާގެ ރިކޯޑިންތަކުން ސާފުކޮށް އެނގޭނެ ކަމަށް އެމްޑީޕީ އިން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލެއްގެ ނަން މީޑިއާގައި ތިލަކޮށް އެ ކުއްޖާގެ ކަރާމާތް ނަގާލާފައިވަނީ ސާޖިދާ މުހައްމަދުގެ ފަރާތުން އޭނާގެ ވަކީލު އާޒިމާ ޝަކޫރުކަން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ކުރިން ވެސް ސާޖިދާ މުހައްމަދު ވަނީ، ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ކުއްޖާގެ ޒާތީ ދިރިއުޅުމާ ގުޅޭ މައުލޫމާތު އާންމުކޮށް މީޑިއާއެއްގައި ދައްކަވާފައި ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސްގެ ބޭފުޅަކާ ބެހޭ ގޮތުން އެ ޕާޓީގެ ޗެއަރޕާސަން އެއްވެސް ތަނެއްގައި އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ ކަމަށާއި، ޗެއަރޕާސަން ފައްޔާޒް ފާޑު ވިދާޅުވީ، މަންދިގެ ވާހަކައަށް މުއައްސަސާތަކުން އެހާ އަވަހަށް ބަޔާންތައް ނެރުނުއިރު ގައުމުގައި ހިނގަމުންދާ ބޮޑެތި ކަންކަމުގައި މުއައްސަސާތަކުން ހިމޭނުން އޮންނަ ކަމުގެ މައްޗަށް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މި މައްސަލާގައި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އިސް ބޭފުޅުން ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަމުންދާއިރު ރައީސް މުއިއްޒު ބޭނުންވަނީ އިދިކޮޅުވާ ކޮންމެ މީހެއްގެ މައްޗަށް ދައުވާ އުފުލައި އެ މީހެއްގެ އަޑު ކަނޑުވާލުމަށް ކަމަށް އެމްޑީޕީ އިން ބުނެއެވެ. އަދި ސިޔާސީ ބޭނުމުގައި އާއިލާ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ދައުވާ އުފުލި ނަމަވެސް ރައީސް މުއިއްޒުގެ ހުދުމުހުތާރު ވެރިކާ ދެކޮޅަށް ފަސްޖެހުމެއް ނެތި އެ ޕާޓީން ތެދުވާނެ ކަމުގެ ޔަގީންކަން އަރުވާފައިވެ އެވެ.

- ކޮމެންޓް