ކ. މާލެ
|
16 އޭޕްރިލް 2025 | ބުދަ 18:56
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަން ހަވާލުކުރުން: އެ މިސްކިތް ބިނާކުރަނީ، 2500އާއި 3000އާ ދެމެދުގެ އަދަދަކަށް މީހުންނަށް ތިބެވޭ ގޮތަށް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަން ހަވާލުކުރުން: އެ މިސްކިތް ބިނާކުރަނީ، 2500އާއި 3000އާ ދެމެދުގެ އަދަދަކަށް މީހުންނަށް ތިބެވޭ ގޮތަށް
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ވަނީ ހަވާލުކޮށްފަ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫޢަކީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކުރާގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫޢަކީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކުރާގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި މިސްކިތުގެ ކޮންޓްރެކްޓަރ ހަމަޖެއްސުމުގެ މަސައްކަތްކުރާނީވެސް ޚަރަދުކުރާ ފަރާތުންކަމަށް އެވުޒާރާއިން ވިދާޅުވެ އެވެ.

މިމިސްކިތް ބިނާކުރުމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ގިނައީ ވަގުތީ މިސްކިތްތަކެއްކަމަށެވެ. އެހެންކަމުން އެސަރަޙައްދުގައި ދާއިމީ މިސްކިތް ތަރައްޤީކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް އަޅާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޮޓު 22386ގައި ކަމަށެވެ. އެގޮތުން 18720.79 އަކަފޫޓުގެ އެ ބިން ދީފައިވަނީ، 2500 އާއި 3000އާ ދެމެދުގެ އަދަދަކަށް މީހުންނަށް ތިބެވޭ ގޮތަށް މިސްކިތް ހަދަން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބިން ހަވާލުކޮށްފައިވަނީ، ހަވާލުކުރާ ތާރީޚުން ފެށިގެން ދެ އަހަރު ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާ ގޮތަށެވެ. އަދި މިސްކިތުގައި ހުންނާނީ ސޯލާއާއި އޭސީ ވެސް ހަރުކޮށްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ހުންނަނީ ތިން މިސްކިތެވެ. އެ ސަރަހައްދަކީ ބޮޑު އާބާދީއެއް އޮންނަ ސަރަހައްދެއް ކަމަށްވާއިރު، އާބާދީއަށް އެކަށޭނަ ވަރަށް މިސްކިތްތަކުގައި ޖާގަ ނެތް ކަމަށް ބުނެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

އެ މިނިސްޓްރީން ވަނީ، މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތް މި އަހަރު ނިމޭނެ ކަމަށް ބުނެފައެވެ.

- ކޮމެންޓް