ކ. މާލެ
|
14 އޭޕްރިލް 2025 | ހޯމަ 18:26
ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމަށް ވަނީ 50 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައި
ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމަށް ވަނީ 50 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައި
އިސްލާމިކް މިނިސްޓްރީ
ޒަކާތު ފަންޑު
ޒަކާތު ފަންޑުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕަށް 50 ފުރުސަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް 50 ފުރުސަތަކަށް ހުޅުވާލާފައި ވަނީ ހޯމަ ދުވަހު
ހުޅުވާލި މި 50 ފުރުސަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔަވަން 20 ފުރުސަތާ އަދި ރާއްޖެއިން ބޭރުން ކިޔެވުމުގެ 30 ފުރުސަތު

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް 50 ފުރުސަތަކަށް ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްތަކަށް ހުޅުވާލާފައި ވަނީ ހޯމަ ދުވަހު އިސްލާމީ މަރުކަޒުގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެއް ކަމަށެވެ.

ހުޅުވާލި މި 50 ފުރުސަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔަވަން 20 ފުރުސަތާ އަދި ރާއްޖެއިން ބޭރުން ކިޔެވުމުގެ 30 ފުރުސަތެކެވެ.

ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލުކުރުމަށްދޭ ހާއްސަ ސްކޮލަރޝިޕްގެ ފުރުސަތެވެ. ރާއްޖެއިން ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ކޯސްތަކަކަށެވެ.

ރާއްޖޭގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:

  • މާސްޓަރ އޮފް އާޓްސް އިން ގުރުއާނިކް ސައިންސެސް – 6 ފުރުސަތު
  • ​މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު
  • ​އެގްޒެކެޓިޒް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު (eMIF by INCEIF)
  • ​މާސްޓަރ އޮފް އާޓްސް އިން ޝަރީއާ – 3 ފުރުސަތު
  • ​މާސްޓަރ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު

ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލީ މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ގައުމުތަކުންނެވެ. މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލާފައި ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިންނެވެ. އަދި ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ. މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓާސްގެ 6 ފުރުސަތު އަދި ޕީއެޗްޑީގެ 9 ފުރުސަތު ހުޅުވާލާފައިވެ އެވެ.

މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:

  • ބެޗެލަރސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - 2 ފުރުސަތު
  • ​މާސްޓަރ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/މާސްޓަރ އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – 2 ފުރުސަތު
  • ​މާސްޓަރ އޮފް އެޑިއުކޭޝަން އިން ޓީޗިންގ އޮފް އިސްލާމިކް އެޑިއުކޭޝަން - 1 ފުރުސަތު
  • ​މާސްޓަރ އޮފް ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - 1 ފުރުސަތު
  • ​މާސްޓަރ އޮފް އިސްލާމިކް ސައިންސް - 1 ފުރުސަތު
  • ​ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީޢާ އެންޑް ޖުޑިޝަރީ – 1 ފުރުސަތު
  • ​ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – 1 ފުރުސަތު
  • ​ޑޮކްޓަރ އޮފް ފިލޯސޮފީ ދަޢުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – 1 ފުރުސަތު
  • ​ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – 1 ފުރުސަތު
  • ​ޑޮކްޓަރ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – 2 ފުރުސަތު
  • ​ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – 2 ފުރުސަތު
  • ​މާސްޓަރސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު
  • ​ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު

މި ދާއިރާތަކުގެ އިތުރުން އިތުރުން ހާއްސަ 13 ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތުތައް ހުޅުވާލާފައި ވަނީ ސާކްގެ ގައުމުތަކުންނާއި މިސްރުގެ ޔުނިވަރސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވަރސިޓީ އަދި ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީ، ގަސީމް ޔުނިވަރސިޓީ، އުއްމުލްގުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީ، ކިންގް އަބްދުލްއަޒީޒް ޔުނިވަރސިޓީންނެވެ.

ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ސުޕަރ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ހުޅުވާލާފައި ވެއެވެ.

ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމުގެ އައު އުޞޫލު އެކުލަވާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ޒަކާތު ފަންޑުން އަންނަނީ ބޭސްފަރުވާއަށާއި މަތީ ތަޢުލީމަށް ކިޔެވުމަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

- ކޮމެންޓް