ކ. މާލެ
|
12 އޭޕްރިލް 2025 | ހޮނިހިރު 22:04
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 22 ވަނަ ބައްދަލުވުމުގެ ތެރެއިން -12.04.2025
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 22 ވަނަ ބައްދަލުވުމުގެ ތެރެއިން -12.04.2025
އެމްޑީޕީ
އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް
15 އޮގަސްޓްގެ ކުރިން އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ބާއްވަން، ކޮމިޓީ އެއް އެކުލަވާލަން ފާސްކޮށްފި
ހޮނިހިރު ދުވަހުގެ ރޭގެ ޖަލްސާގައި 81 މެމްބަރުން ވަނީ ބައިވެރިވެފަ
އެގޮތަށް ނިންމާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 22 ވަނަ ބައްދަލުވުމުގައި

15 އޮގަސްޓް 2025ގެ ކުރިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާދަޔާ ޚިޔާފު ކޮންގްރެސް އެއް ބޭއްވުމަށް، ކޮމިޓީ އެއް އެކުލަވާލަން، އެމްޑީޕީ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެގޮތަށް ނިންމާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 22 ވަނަ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ބޭއްވުމާއި މެދު ކޮމިޓީ އެއް އެކުލަވާލަން ނިންމާފައި ވާއިރު އެ ކޮމިޓީ އިން އެކުލަވާލާ ރިޕޯޓް މޭއި 15 ވަނަ ދުވަހުގެ ކުރިން ގައުމީ މަޖިލީހަށް ހުށަހެޅުމަށް ވެސް ހޮނިހިރު ދުވަހުގެ ރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެ ނިންމުން ފާސްކުރީ 75 ވޯޓާއި އެކުގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ އޮގަސްޓް 15 އިގެ ކުރިން ކޮންގްރެސް ބޭއްވުމަށް ކޮމިޓީގެ މަސައްކަތް ކުރުމަށެވެ.

ހަމައެހެންމެ 71 މެމްބަރުންގެ ތާއީދާއި އެކު ރެޕިޑް ރެސްޕޯންސް ޓީމެއް ނަގަން އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ރޭގެ ޖަލްސާގައި 81 މެމްބަރުން ވަނީ ބައިވެރިވެފައެވެ.

ކޮންގްރެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ޗެއަރޕަސރސަންގެ ނައިބު އިދާރީ، އިބްރާހިމް ވަހީދު
  • ޗެއަރޕަސަންގެ ނައިބު މާލީ، އަހުމަދު އަބްދުﷲ
  • އެމްޑީޕީގެ ނައިބު ރައީސް، ހިސާން ހުސައިން
  • ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު، އަހުމަދު ދީދީ
  • ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުުތުރު ދާއިރާގެ މެމްބަރު، މުހައްަމދު އިބްރާހިމް (ކުޑޫ)
  • އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް، އަކްރަމް ކަމާލުއްދީން
  • ފޮނަދޫ ދާއިރާގެ ރައީސް، ހުސައިން އިސްމާއިލް
  • ހެންވޭރު އުތުރު ދާއިރާގެ ރައީސް، އިބްރާހިމް މުއިއްޒު
  • އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުއްސައްތާރު
  • ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު، އަލީ ނިޔާޒް

ކޮންގްރެސް ބޭއްވުމަށް އެކުލަވާލި ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ކޮންގްރެސް ބޭއްވުމަށް ތާރީޙުތަކެއް ހުށަހެޅުމާއި، ކޮންގްރެސްގެ އިންތިޒާމްތަކާއި ޚަރަދުތައް ހަމަޖެއްސުމާއި މެދު ހުށަހެޅުންތައް ހުށަހެޅުން ފަދަ ކަންކަމެވެ.

ރެޕިޑް ރެސްޕޯންސް ޓީމްގައި ހިމެނިވަޑައިގަންނަވަނީ:

  • ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު، ހުސެއިން ޒިޔާދު
  • ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު، މައުރޫފް ޒާކިރު
  • ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާޢިރާގެ މެމްބަރު، ހުސެއިން ސަމީރު
  • ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރ، އާމިނަތު ޝައުނާ
  • ދިއްދޫ ދާއިރާގެ ރައީސް އަދި ކުރީގެ މެމްބަރު، އަބްދުﷲ ވަހީދު
  • ހޯރަފުށީ ދާއިރާގެ ރައީސް އަދި ކުރީގެ މެމްބަރު، އަހުމަދު ސަލީމް
  • ފޮނަދޫ ދާއިރާގެ ރައީސް، ހުސެއިން އިސްމާއިލް
  • ކެލާ ދާއިރާގެ ރައީސް އަދި ކުރީގެ މެމްބަރު، އިބްރާހިމް ޝަރީފް
  • ނައިފަރު ދާއިރާގެ ރައީސް، އަބްދުﷲ ރަޝީދު ހުސައިން
  • މަޑުއްވަރީ ދައިރާގެ ރައީސް، މޫސާ އަލީ މަނިކް
  • މައްޗަންގޮޅި މެދު ދާއިރާގެ ރައީސް، އަހުމަދު ޝަޒީން
  • މަނަދޫ ދާއިރާގެ ރައީސް އަދި ކުރީގެ މެމްބަރު، މުހައްމަދު ތޯރިގް
  • ތިމަރަފުށީ ދާއިރާގެ ރައީސް، އިބްރާހިމް އަންވަރު
  • ކޮލަމާފުށީ ދާއިރާގެ ރައީސް، މަހްފޫޒް ސައީދު

މި ކޮމިޓީގެ މަޤްސަދުތަކުގެ ތެރޭގައި ގައުމުގެ ޑިމޮކްރަސީ އާއި، ހިންގުމާއި، އާއްމު މަސްލަހަތަށް އަސަރު ކުރާ ގޮތަށް ސަރުކާރުން ނިންމާ ނިންމުންތައް އަޅާ ކިޔާ، ދެނެގަނެ، އެއަށް އިޖާބަ ދިނުން ހިމެނެއެވެ.

އެގޮތުން ސަރުކާރުގެ ނިންމުންތަކާއި، ސިޔާސަތުތައް ދެނެގަތުމާއި، ސިޔާސީ، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ސަރުކާރުން ނިންމާ ނިންމުންތައް ބަލާ ހޯދުމަކީ މި ކޮމިޓީގެ މަގްސަދެކެވެ. ހަމައެހެންމެ ސަރުކާރުގެ އަމަލުތަކަށް ފާރަވެރި ވުމާއި، ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތުތަކުގެ ތެރެއިން ކަންބޮޑުވާ ކަންކަން އާއްމުންނާއި ހަމައަށް މީޑިއާ އާއި ބަޔާންތަކުގެ އިތުރުން އެހެނިހެން ޕްލެޓްފޯމް ތަކުގައި ހިއްސާކުރުމަކީ ވެސް މި ކޮމިޓީގެ މަގްސަދެކެވެ.

މީގެ އިތުރުން، ގްރާސްރޫޓު މެދުވެރިވެގެން ގައުމީ ފެންވަރެއްގައި ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި، އެއްވުންތައް އިންތިޒާމް ކުރުމަކީ ވެސް މި ޓީމްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ބޭނުން ޖެހިއްޖެ ހިނދެއްގައި ޤާނޫނީ ގޮތުންނާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަކީ ވެސް މި ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭކަމެކެވެ.

މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ޕާޓީގެ ލީޑަރޝިޕްގެ ސީދާ ބެލުމުގެ ދަށުންނެވެ.

- ކޮމެންޓް