ކ. މާލެ
|
9 އޭޕްރިލް 2025 | ބުދަ 11:39
އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތު (ކ) އޯވަލް އޮފީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ - އޭޕްރީލް 7، 2025
އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތު (ކ) އޯވަލް އޮފީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ - އޭޕްރީލް 7، 2025
އޭއެފްޕީ
އެމެރިކާ - ހޫތީންގެ ހަނގުރާމަ
ޔަމަނުގެ ހޫތީންނަށް ޕެންޓަގަންގެ ވެރިޔާގެ އިންޒާރު: "މިހާރު އޮތީ ގޯސްވާން ކައިރިވެފައި"
މި އިންޒާރު ދީފައި މިވަނީ ރަތް ކަނޑުގައި އާގުބޯޓު ފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ހޫތީންގެ އަސްކަރީ ގާބިލްކަން ދަށްކުރުމުގެ މަގްސަދުގައި އެމެރިކާއިން ދެމުން ގެންދާ ހަމަލާތަކުގެ ތިން ހަފުތާގެ އޮޕަރޭޝަނާއި ގުޅިގެންނެވެ. ޕެންޓަގަންގެ ލިޔުމެއްގައި ވާގޮތުން ހެގްސެތު ވަނީ ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާނާ ވެސް ވާހަކަ ދައްކަވައި، މިހާރު ހިނގަމުންދާ އޮޕަރޭޝަންތަކާއި ދެ ގައުމުގެ ދިފާއީ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އެމެރިކާއިން ޔަމަނަށް ބޮންއެޅުން އިތުރަށް ގޯސްވާން ކައިރިވެފައިވާ ކަމަށް ވިދާޅުވެ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ޔަމަނުގެ ހޫތީންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

މި އިންޒާރު ދީފައި މިވަނީ ރަތް ކަނޑުގައި އާގުބޯޓު ފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ހޫތީންގެ އަސްކަރީ ގާބިލްކަން ދަށްކުރުމުގެ މަގްސަދުގައި އެމެރިކާއިން ދެމުން ގެންދާ ހަމަލާތަކުގެ ތިން ހަފުތާގެ އޮޕަރޭޝަނާއި ގުޅިގެންނެވެ. ޕެންޓަގަންގެ ލިޔުމެއްގައި ވާގޮތުން ހެގްސެތު ވަނީ ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާނާ ވެސް ވާހަކަ ދައްކަވައި، މިހާރު ހިނގަމުންދާ އޮޕަރޭޝަންތަކާއި ދެ ގައުމުގެ ދިފާއީ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ޕްރިންސް ޚާލިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ ސަރަޙައްދީ ކުރިއެރުންތަކާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތާއި ހަމަޖެހުން ކުރިއެރުވުމަށް ދެޤައުމުން ގެންގުޅުއްވާ ވިސްނުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވީ ހެގްސެތު އާއި ޕްރިންސް ޚާލިދު ސަރަހައްދީ ސަލާމަތާ ބެހޭ ގޮތުން ހިޔާލު ބަދަލުކުރެއްވި ކަމަށާއި އޭގެ ތެރޭގައި ހޫތީންގެ ގާބިލްކަން ދަށްކޮށް، ރަތް ކަނޑުގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމަށް އެމެރިކާއިން ހިންގާ އޮޕަރޭޝަންތަކަށް ލިބިފައިވާ ކުރިއެރުންތައް ހިމެނޭ ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަށް ފަހު ހެގްސެތު ވަނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތު ތަކުރާރުކުރައްވައި އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހޫތީންނަށް މި ތިން ހަފުތާ ގޯސްވާނެ ކަމަށާއި އެކަން އިތުރަށް ގޯސްވާން ކައިރިވެފައިވާ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި އޮޕަރޭޝަނަކީ ބިމުގެ އަޑީގައި ހުރި ތަންތަނާއި ހަތިޔާރު އުފައްދާ ބަންކަރުތަކާއި ހޫތީ ހަނގުރާމަވެރިންނާއި ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ.

ހެގްސެތު ވަނީ އީރާނަށް ފާޑުކިޔުންތައް އަމާޒުކުރައްވައި، ހޫތީންނަށް އީރާނުން ކުރާ ތާއިދާއި ގުޅިގެން އިންޒާރު ދެއްވާފައެވެ. އަދި އިތުރު އޮޕްޝަންތަކެއް އެބަހުރި ކަމަށާއި އެޕްލައި ކުރަން ވެސް ޕްރެޝަރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހަމަލާތަކުގެ ސަބަބުން ހޫތީންގެ އިސް ބޭފުޅުންނާއި ހަތިޔާރުގެ މާހިރުން ތަކެއް މަރުވެފައިވާ ކަމަށް ސަރުކާރުން ބުނާ ވާހަކަތަކަށް ތާއީދު ކުރައްވާފައެވެ. ނަމަވެސް ވައިޓް ހައުސްއިން މި ވާހަކަތައް ސާބިތުކޮށްދޭނެ ހެއްކެއް ހުށަހަޅާފައި ނުވާއިރު ޕެންޓަގަންގެ އޮފިޝަލުން ވަނީ އިތުރު ތަފްސީލެއް ދޭން ދެކޮޅު ހަދާފަ އެވެ.

ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިދިޔަ ހަފުތާގައި ހެގްސެތު ވަނީ އެ ސަރަހައްދަށް އިތުރު އެމެރިކާ ސިފައިންނާއި އަސްކަރީ ހަތިޔާރުތައް ބެހެއްޓުމަށް އަންގާފައެވެ. 30،000 ޕައުންޑްގެ ބަންކަރު ބަސްޓާ ބޮން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބީ-2 ސްޓެލްތް ބޮންތަކެއް އިންޑިއާ ކަނޑުގައި ބަހައްޓާފައިވެ އެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މި މަތިންދާބޯޓުތައް ބޭނުންކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ހޫތީންގެ ބަންކަރުތަކަށް ހަމަލާ ދިނުމަށެވެ.

- ކޮމެންޓް