ކ. މާލެ
|
9 އޭޕްރިލް 2025 | ބުދަ 09:27
ފަނޑިޔާރު އަޒްމިރަލްދާ އަދި އޭސީސީގެ ރައީސް ޝާމިލް - ފުލުހަށް އަޒްމިރަލްދާ ހުށަހެޅި މައްސަލަ ނުބެލޭނެކަމަށް ވަނީ ނިންމާފައި
ފަނޑިޔާރު އަޒްމިރަލްދާ އަދި އޭސީސީގެ ރައީސް ޝާމިލް - ފުލުހަށް އަޒްމިރަލްދާ ހުށަހެޅި މައްސަލަ ނުބެލޭނެކަމަށް ވަނީ ނިންމާފައި
ރާއްޖެއެމްވީ
ދޮގު ހެކި ދިން މައްސަލަ
ޝާމިލް ދޮގު ހެކި ދިން މައްސަލަ ނުބަލަން ފުލުހުން ނިންމައިފި
ޖޭއެސްސީން ސިޓީއެއް ފޮނުވައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކޮށްފައިވޭ
އަޒްމިރާލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލަ ތަހުގީގެއް ކޮށްދިނުމަށް އެދިފައިވޭ
ޖޭއެްސްސީ އިން ވަޒަންކޮށް ގޮތެއް ނިންމުމުން ނޫނީ ބަޔާންކޮށްފައިވާ ފަދަ ޖިިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑައެޅޭނެ ފަދަ ކަމެއް ކަމުގައި ނުބެލެވޭނެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް, ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ގުޅޭގޮތުން ދޮގު މައުލޫމާތު ދިންކަމަށް ބުނެ އަޒްމިރަލްދާ ހުށަހެޅި މައްސަލަ ނުބެލޭނެކަމަށް ފުލުހުން ބުނެފިއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފުލުހަށް މައްސަލަ ހުށަހެޅުއްވީ އެޕްރީލް 6 ވަނަ ދުވަހުއެވެ.

ޑރ.އަޒްމިރާލްދާ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށާފައި ނުވަނީސް ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ކޮމިޝަނުގެ ރައީސް ޝާމިލް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ސިޓީއެއް ފޮނުވައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލާގައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެދި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ އިރު ފަނޑިޔާރު އަޒްމިރާލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލާގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ހުށަހަޅާފައިވެއެވެ. އަދި އެ 2 މައްސަލައިގައި ފުލުހުން ވަނީ އަންގާރަ ދުވަހު ޖަވާބު ދީފައެވެ.

ފުލުހުން ދިން ޖަވާބުގައި ބުނެފައިވަނީ "އެންޓި ކޮރަޕްޝަން ކޮމިޝަނުން ދޮގު މައުލޫމާތު ދިނުމާ ގުޅޭ" މި ސުރުހީގެ ދަށުން އެޕްރީލް 6 ވަނަ ދުވަހު ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަކީ އެ މައުލޫމާތު ބަލައިގަތް އިދާރާ، ޖޭއެްސްސީ އިން ވަޒަންކޮށް އެއާއިމެދު ގޮތެއް ނިންމުމުން ނޫނީ ތިޔަ ފަރާތުން ބަޔާންކޮށްފައިވާ ފަދަ ޖިިނާއީ ޖުށުގެ އަމަލެއްގެ ގޮތުގައި ކަނޑައެޅޭނެ ފަދަ ކަމެއް ކަމުގައި ނުވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ތަހުގީގު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން "ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި، ގާނޫނު އެއްފަރާތްކޮށް ސުޕްރީމް ކޯޓޫ ހުއްޓުމަކަށް ގެނައުމާ ގުޅޭ ޝަކުވާ" މި ސުރުހީގެ ދަށުން 6 އެޕްރީލްގައި ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގައި ހުރިކަމަށް ބެލެވޭނެ އަދި އެކަންކަމާ ގުޅޭ ޖިނާއީ ކުށުގެ އަމަލެއް ހިންގައިފައިވާ ކަމަށް ބަލަންޖެހޭ އެކަށީގެްވާ ސަބަބުތަކެއް ނެތަތީ، ޖިނާނީ އިޖުރާއަތުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ތަހުގީގު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

- ކޮމެންޓް