ކ. މާލެ
|
1 އޭޕްރިލް 2025 | އަންގާރަ 19:26
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ފެށިދާނެކަމަށް ބެލެވިފައިވާ އިރު، ރާއްޖޭގެ ވައިގެ ސަރަހައްދު އެމެރިކާގެ އަސްކަރީ އުޅަނދުތައް އަންނަނީ ބޭނުންކުރަމުން
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ފެށިދާނެކަމަށް ބެލެވިފައިވާ އިރު، ރާއްޖޭގެ ވައިގެ ސަރަހައްދު އެމެރިކާގެ އަސްކަރީ އުޅަނދުތައް އަންނަނީ ބޭނުންކުރަމުން
ރާއްޖެއެމްވީ
ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުން
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
އެމެރިކާއިން އީރާނަށް ހަމަލާދިނުމުގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމާ ގުޅޭގޮތުން އެމްއެންޑީއެފް އިން ކޮމެންޓެއް ނުކުރި
އީރާނުގެ އޮފިޝަލަކު ވިދާޅުވީ އެމެރިކާގެ އިންޒާރުތައް ސީރިއަސްވެއްޖެނަމަ ފޯޅަވައްސަށް ހަމަލާ ދޭނެ ކަމަށް
އެމެރިކާގެ އަސްކަރީ އުޅަނދުތައް އަންނަނީ ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަމުން

އީރާނަށް އަސްކަރީ ހަމަލާދިނުމަށް އެމެރިކާއިން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމާއި ގުޅޭގޮތުން ސަރުކާރުން ބަހެއް ނުބުނި އެވެ.

އައްޑޫގެ ދެކުނުން އޮންނަ ފޯޅަވަހީގައި އެެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުން އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން އެމްއެންޑީއެފުން އަންއޮފިޝިއަލް ކޮމެންޓެއްގެ ގޮތުގައި ބުނެފައިވަނީ ޤައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކުގައި ރަސްމީކޮށް ބަސް ބުނާނީ ޑިފެންސް މިނިސްޓްރީން ކަމަށެވެ. ނަމަވެސް، ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން ފޯނު ނުނަންގަވާތީ މި މައްސަލައާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ލިބިފައެއް ނުވެއެވެ. އަދި ސަރުކާރުން ވެސް މި މައްސަލައިގައި އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން، އެއްވެސް ޤައުމެއްގެ ވައިގެ ސަރަހައްދު އަސްކަރީ ބޭނުމަށް ބޭނުންކުރެވޭނީ އެ ޤައުމެއްގެ ސަރުކާރުގެ ހުއްދައާ އެކުގަ އެވެ. ބައިނަލް އަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ އެމެރިކާއިން އީރާނަށް ހަމަލާދޭން ޑިއޭގޯ ގާސިއާގެ އަސްކަރީ ބޭސް ބޭނުން ކުރާނަމަ ރާއްޖޭގެ ވައިގެ ސަރަހައްދުވެސް ބޭނުންކުރާނެ ކަމަށެވެ. އީރާނުން ވަނީ ޑިއޭގޯ ގާސިއާއިން އެއްވެސް ހަމަލާއެއް އަތުވެއްޖެނަމަ، އެކަމަށް ރައްދު ދޭނެކަމުގެ އިންޒާރު ދީފަ އެވެ.

މި މައްސަލަ ފެންމަތިވެފައވަނިކޮށް ބައެއް އާންމުން ވަނި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މި ފަހުން އެމެރިކާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ވައިގެ ސަރަހައްދުން ދަތުރުކުރުމާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުން ކުރަމުންދާ ކަމަށް ބުނެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މި ވާހަކަތައް ދައްކާ ކަންބޮޑުވުން ފާޅުކުރިނަމަވެސް މިހާތަނަށް ވެސް ސަރުކާރުން މިކަމާއި ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައި ނުވެ އެވެ.

އީރާނަކީ މުސްލިމް ޤައުމަކަށްވެފައި، މި މައްސަލައިގައި ރާއްޖެ ފަދަ އިސްލާމީ ޤައުމަކުން އެއްވެސް ބަހެއް ނުބުނުމަކީ ލަދުވެތިކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔަން ފަށާފަ އެވެ. އަދި މި ހަނގުރާމަ ފެށިއްޖެނަމަ، އޭގެ އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމަކީ ދިވެހިރާއްޖެއަށް ވެގެންދާނެ އެވެ.

އެމެރިކާގެ އިންޒާރުތަކާއި ގުޅިގެން އީރާންގެ އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ ފޯޅަވަހީގައި ހުންނަ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ ބޭސްއަށް އަމާޒުކުރުމަށް އަސްކަރީ ކޮމާންޑަރުންނަށް އަންގާފައި ވަނީ އީރާނުގެ އަމާޒަކީ ޑޮނަލްޑް ޓްރަމްޕް އެ ގައުމަށް ހަމަލާ ދިނުން ހުއްޓުވުން ކަމަށެވެ.

އީރާންގެ އޮފިޝަލް "ދަ ޓެލެގްރާފް" އަށް ވިދާޅުވީ ޓްރަމްޕްގެ އިންޒާރުތައް އިތުރަށް ސީރިއަސްވެއްޖެ ނަމަ ފޯޅަވައްސާއި އެތަނުގައި އިންނަ އަސްކަރީ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އިސް ކޮމާންޑަރުންނަށް އިލްތިމާސް ކުރަމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފޯޅަވައްސަން ބޮން އަޅާނެކަމަށް ބުނި ފަހުން އެ ރަށާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ހޫނުވެފައި ކަމަށެވެ. އަދި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ސްޓްރެޓެޖިކް ޔޫއެސް-ޔޫކޭ އައުޓްޕޯސްޓަށް ބީ-2 ސްޕިރިޓް ގެ ތިން ޖެޓް އައިސްފައިވާ ކަމަށެވެ.

- ކޮމެންޓް