އެމެރިކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ހުކުރު ދުވަހު އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ރައީސް ޓްރަމްޕްއަށާއި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގެންނެވިއެވެ
Heartiest greetings to President @realDonaldTrump, the government, and the people of the United States as they celebrate the Fourth of July. I wish continued freedom and progress to the American people. pic.twitter.com/B2l2zh1bGn
— Dr Mohamed Muizzu (@MMuizzu) July 4, 2025
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން ވަނީ ދެގައުމުގެ ގުޅުމާ ގުޅޭގޮތުން މީގެ ކުރިން ވާހަކަ ދައްކަވާފައެވެ. ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް މިގުޅުން ކުރިއަށް އޮތްތާގައި ބަދަހިވެ އެކުގައި ގުޅިގެން މަސައްކަތްތަކެއްކުރެވި ދެގައުމަށާއި ރައްޔިތުންނަށް ފައިދާކުރުވަނިވި ގޮތެއްގައި މަސައްކަތްތަކެއް ކުރުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފައިވެއެވެ.
އެމެރިކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ، 1776 ވަނަ އަހަރުގެ ޖުލައިމަހުގެ 4 ވަނަ ދުވަހު، އިނގިރޭސިންގެ އަޅުވެތިކަމުން އެގައުމަށް މިނިވަންކަން ލިބުނުކަން އިއުލާން ކުރި ދުވަހެވެ.
ރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރެވެ.