ކ. މާލެ
|
1 އޭޕްރިލް 2025 | އަންގާރަ 13:57
ބޭރޫތަށް ދިން ހަމަލާތަކަށް ފަހު އިމާރާތްތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ މަންޒަރު ފެންނަ ފޮޓޯ އެއް
ބޭރޫތަށް ދިން ހަމަލާތަކަށް ފަހު އިމާރާތްތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ މަންޒަރު ފެންނަ ފޮޓޯ އެއް
ރޮއިޓަރސް
ހިޒްބުالله ހަނގުރާމަ
ހިޒްބުالله ހަނގުރާމަވެރިއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ
އެ ހަމަލާތަކުގެ ސަބަބުން ބެއިރޫތުގެ ދެކުނު ސަބަރބްގައި ހުންނަ އިމާރާތެއްގެ މަތީ ތިން ބުރިއަށް ގެއްލުން ލިބިފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ރޮއިޓާސްގެ ރިޕޯޓަރަކާއި ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ބެއިރޫތުގައި ހިޒްބުالله ހަނގުރާމަވެރިއަކަށް އަމާޒުކޮށްގެން އިސްރާއީލުން ދިން ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި އިސްރާއީލުން ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާއެއްގައި ތިން މީހަކު މަރުވެ ހަތް މީހަކު ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ދާދި ފަހުން ހަމާސްގެ އޮޕަރޭޓިވުންނަށް އިރުޝާދުދީ އެހީތެރިވި" ހިޒްބުاللهގެ ހަނގުރާމަވެރިއަކަށް ހަމަލާދީފައިވާ ކަމަށެވެ.

މި ހަމަލާ ދީފައިވަނީ މީގެ ކުރިން އިސްރާއީލުން ލުބުނާނުގެ ވެރިރަށް ހިޒްބުاللهގެ ބާރުގަދަ ސަބަރބްސް އަށް ދިން ހަމަލާގެ ދެތިން ދުވަސް ފަހުންނެވެ. އެ ހަމަލާ އާއި ގުޅޭގޮތުން ހިޒްބުاللهގެ ފަރާތުން މިހާތަނަށް އައިރު ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

އެ ހަމަލާތަކުގެ ސަބަބުން ބެއިރޫތުގެ ދެކުނު ސަބަރބްގައި ހުންނަ އިމާރާތެއްގެ މަތީ ތިން ބުރިއަށް ގެއްލުން ލިބިފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ރޮއިޓާސްގެ ރިޕޯޓަރަކާއި ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ. އަދި ތިރީގައި ހުރި ފްލޯތަކުގައި ހުރި ބިއްލޫރިތައް އެއްވެސް ގެއްލުމެއް ނުލިބި ހުރުމުން އެ ސަރަހައްދަށް ޓާގެޓް ސްޓްރައިކް އެއް ދީފައި ނުވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ހަމަލާ ދިނުމުގެ ކުރިން އެ ސަރަހައްދުން މީހުން ހުސްކުރުމުގެ އިންޒާރު ދީފައި ނުވާއިރު، އޭގެ ފަހުން އެ ސަރަަހައްދުގައި ދިރިއުޅުނު އާއިލާތައް ފިލައިގެން ދިޔައީ ބެއިރޫތުގެ އެހެން ހިސާބުތަކަށް ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އަހަރެއްހާ ދުވަހު ހިނގި ހަމަނުޖެހުން ހުއްޓުވައި، ލުބުނާނުގެ ދެކުނުގައި ހިޒްބުاللهގެ ހަނގުރާމަވެރިންނާއި ހަތިޔާރުތަކުން މިނިވަންވެ، ލުބުނާނުގެ ސިފައިން އެ ސަރަހައްދަށް ޑިޕްލޮއިކޮށް، އިސްރާއީލުގެ ބިމުގެ ސިފައިން އެ ޒޯނުން ދާން ވަނީ ލާޒިމްކޮށްފައެވެ، އެކަމަކު ދެ ފަރާތަކުން ވެސް ތުހުމަތު ކުރަނީ އަނެއް ފަރާތަށް މުޅިން އެ ޝަރުތުތަކާ އެއްގޮތަށް އަމަލު ނުކުރާ ކަމަށެވެ.

ނަމަވެސް އެމެރިކާ އިން މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ހަނގުރާމަ ހުއްޓާލުން ކުރާ މަސައްކަތް، ފަހަކަށް އައިސް ފެންނަނީ ދުވަހެއް ދުވަހަކަށް ނާޒުކު ވެގެންދާ ތަނެވެ. އެގޮތުން ޖެނުއަރީ މަހު ސިފައިން ފޭބުމަށް ވައުދުވި އިސްރާއީލުން އެކަން ލަސްކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައވެެ. އަދި މާޗް މަހު ލުބުނާނުން ފޮނުވާލި ރޮކެޓްތައް ހުއްޓުވައި، ބެއިރޫތުގެ ދެކުނު ސަބަރބްތަކާއި ލުބުނާނުގެ ދެކުނުގެ ހިސާބުތަކަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާތައް ދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް އީރާނާ ގުޅިފައިވާ ހިޒްބުالله އިން ވަނީ ރޮކެޓް ހަމަލާތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ހާމަކޮށްފައެވެ.

- ކޮމެންޓް