ކ. މާލެ
|
30 މާރޗް 2025 | އާދީއްތަ 00:12
ފިތުރު ޒަކާތް ބަލައިގަތުން
ފިތުރު ޒަކާތް ބަލައިގަތުން
ރާއްޖެއެމްވީ
ފިތުރު ޒަކާތް
ޒަކާތުގެ ގޮތުގައި ފަޤީރުންގެ ދަފްތަރުފައިވާ ކޮންމެ ފަރުދަކަށް 4500 ރުފިޔާ ދީފި
މިއީ ފާއިތުވި ފަސް އަހަރު ތެރޭ އެންމެ ގިނައިން ޒަކާތް ބަލައިގަތް އަހަރު ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ

ޒަކާތުގެ ގޮތުގައި ފަޤީރުންގެ ދަފްތަރުފައިވާ ކޮންމެ ފަރުދަކަށް 4500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ 5 ލައްކަ ރުފިޔާ ފަލަޞްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް ހަދިޔާކުރަންވަނީ ނިންމާފައި ކަމަށެވެ. މީގެ އިތުރުން ގޮވާމުން މާލެ އޭރިއާގެ ކޮންމެ ފަޤީރަކަށް 15 ކިލޯ ލިބޭނެ ކަމަށް އެ ވުޒާރާ އިން ވަނީ ހާމަކޮށްފައެވެ.

1446 ވަނަ އަހަރު ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމުގައި ކަމަށާއި މިގޮތުން ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިޠުރު ޒަކާތް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ ފާއިތުވި ހަފްތާގެ ތެރޭގައެވެ.

މިއީ ފާއިތުވި ފަސް އަހަރު ތެރޭ އެންމެ ގިނައިން ޒަކާތް ބަލައިގަތް އަހަރު ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެމިނިސްޓްރީން ބުނީ މިބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.

މީގެ ކުރިން މިކަން ކުރާ ގޮތަކީ އެ ރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ލިބޭ އުސޫލުން ކަމަށާއި މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުގެ މަތިން އެއް ހަމައަކުން ބެހުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު ކަމަށާއި މިއަހަރު ފިޠުރު ޒަކާތަށް މިވަގުތާ ހަމައަށް 12.4 މިލިއަން ރުފިއާ ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

- ކޮމެންޓް