ކ. މާލެ
|
27 މާރޗް 2025 | ބުރާސްފަތި 17:06
 ވީއައިއޭއިން ވަގަށް ސިނގިރޭޓް ބޭރު ކުރަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު އައިހަމް
ވީއައިއޭއިން ވަގަށް ސިނގިރޭޓް ބޭރު ކުރަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު އައިހަމް
ޕޮލިޓިކްސް.ދައޮނިއަން
ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލަ
ޑިއުޓީ ފްރީން ޤަވާއިދާއި ޚިލާފަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ޑިއުޓީ ފްރީން ޤަވާއިދާއި ޚިލާފަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރީ މ. ސިލްވާ ނެސްޓް، އަހުމަދު އަފްސަލް، 45 އަދި ދަފްތަރު ނަންބަރު ރސ 14358، މާލެ ޔޫސުފް ނަޒީރު، 38
މީޑިއާތަކަށް 26 މާރޗްވީ ބުދަ ދުވަހު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވީއައިއޭގެ ޑިޕާރޗާ ހޯލުން ވަގަށް ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލަ އެއް ބަލަމުންދާ ކަމަށް

ޑިއުޓީ ފްރީން ޤަވާއިދާއި ޚިލާފަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މުހައްމަދު އައިހަމް 23، ގަސްކަރަ، ނ. ވެލިދޫ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ 21 މާރޗް 2025ގެ 15:55 އެހާކަށްހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ޑިއުޓީ ފްރީ ޤަވާއިދާއީ ޚިލާފަށް ސިނގެރެޓް ބޭރުކޮށްފައިވާ މައްސަލައިގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެ މައްސަލަ އާޢި ގުޅިގެން އެނާ ހައްޔަރުކޮށްފައި ވަނީ 26 މާރޗްވީ ބުދަ ދުވަހު އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އުމުރުކޮށްފަ އެވެ.

ޑިއުޓީ ފްރީން ޤަވާއިދާއި ޚިލާފަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރީ މ. ސިލްވާ ނެސްޓް، އަހުމަދު އަފްސަލް، 45 އަދި ދަފްތަރު ނަންބަރު ރސ 14358، މާލެ ޔޫސުފް ނަޒީރު، 38 އެވެ. އޭގެތެރެއިން ޔޫސުފް ނަޒީރުއަކީ ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ މީހެކެވެ.

އެހެންނަމަވެސް އެ ދެ މީހުންގެ ބަންދާ މެދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއި އެކު ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލައިފަ އެވެ.

ވީއައިއޭއިން ވަގަށް ސިނގިރޭޓު ކާޓަންތަކެއް ނެރެން އުޅުނު މައްސަލައެއް ބަލަމުންދާކަން މޯލްޑިވްސް ކަސްޓަމްސްއިން ވަނީ އަންގާރަ ދުވަހުގެ ރޭ ހާމަކޮށްފަ އެވެ. އެ ކަމުގެ ތަފުސީލުތައް ހާމަނުކޮށް ކަސްޓަމްސްއިން ބުނެފައި ވަނީ އެ ތަކެތި އަތުލައިގަތީ އެއާޕޯޓުގެ ޑިޕާރޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް އެ އިދާރާއިން ޗެކްކުރިއިރު ފެނިގެން ކަމަށެވެ. ނަމަވެސް ޑަސްބިން ބޭގުތަކުން ފެނުނު ކާޓަންތަކުގެ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.

މީޑިއާތަކަށް 26 މާރޗްވީ ބުދަ ދުވަހު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވީއައިއޭގެ ޑިޕާރޗާ ހޯލުން ވަގަށް ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލައެއް އެ އިދާރާއަށް މޯލްޑިވްސް ކަސްޓަމްސްއިން ހުށަހެޅީ 25 މާރޗް ވަނަ ދުވަހުގެ ރޭގައި ކަމަށެވެ.

- ކޮމެންޓް