ކ. މާލެ
|
27 މާރޗް 2025 | ބުރާސްފަތި 12:48
ތ. ހިރިލަންދޫއިން ހިއްކި ސަރަހައްދު
ތ. ހިރިލަންދޫއިން ހިއްކި ސަރަހައްދު
އެމްޓީސީސީ
ހިރިލަންދޫ ބިން ހިއްކުން
ކުރީ ސަރުކާރުގައި ފެށި ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 105.19 މިލިއަން ރުފިޔާއަށް
1200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފެށި ތ.ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

މިމަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީން ބުނީ ހިރިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއުގެ އަދާހަމައަށް ބަލާއިރު، ބިން ހިއްކުމުގެ 100 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިމަޝްރޫއުގެ ކުރިއަށް ދެން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފެށުން ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

1200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ.

މި މަޝްރޫއުގެ ދަށުން ހިރިލަންދޫގެ 25 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ސަރުކާރު ބަދަލުވެގެން ދިޔައިރު ބޮޑު ބައެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ރައްޔިތުންނަށް މޫދަށް އެރެވޭނެ ސަރަހައްދެއް ތަރައްގީކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ހިރިލަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ. ބޮޑު ސަރަހައްދެއް ހިއްކި ތަރައްގީ ކުރެވިގެން ދިއުމާއެކު ޖާގައިގެ ދަތިކަމުގެ މައްސަލައާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް މީގެ ކުރިން ކައުންސިލުން ބުނެފައިވެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 105.19 މިލިއަން ރުފިޔާއަށެވެ.

- ކޮމެންޓް