Advertisement
ކ. މާލެ
|
10 ނޮވެންބަރ 2025 | ހޯމަ 13:00
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ
ރައީސް އޮފީސް
ހަނިމާދޫ އެއަރޕޯޓް
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
ހަނިމާދޫ އެއަރޕޯޓް ހުޅުވުމުގެ ހަފްލާއެއް ހަވާ އެރުވުމާއި ލައިޓް ޝޯއާ އެކު އާދީއްތަ ދުވަހުގެ ރޭ ބާއްވާފައިވޭ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ މިއީ ބޮޑުތިލަދުންމަތީގެ އިޤްތިޞާދު ބަދަލުކޮށްލާނެ ކަމެއް ކަމަށް
ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢަކީ އިންޑިޔާ ސިފައިންގެ ބޭނުމަށް ހިންގޭ މަޝްރޫޢެއް ކަމަށް ވެސް ކުރިން ޕީއެންސީ އިން ތުހުމަތު ކުރި

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަން އެމް.ޑީ.ޕީ ސަރުކާރުން ފެށި މަސައްކަތް ނިންމައި، ސަރުކާރުން އެ އެއާޕޯޓު ހުޅުވުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އިންޑިއާ އަށް ޝުކުރު އަދާކުރައްވައިފި އެވެ.

ހަވާ އެރުވުމުގެ ކުލަ ގަދަ ހަފްލާއަކާ ލައިޓް ޝޯއަކާ އެކު އާދީއްތަ ދުވަހުގެ ރޭ އެ އެއަރޕޯޓް ވަނީ ހުޅުވާފަ އެވެ. އެކްސްގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މިއީ ބޮޑުތިލަދުންމަތީގައި ހަލުވިކަމާއި އެކު ކުރިއަަރަމުންދާ އިޤްތިޞާދު ބަދަލުކޮށްލާނެ ކަމެއް ކަމަށެވެ.

ކުރީގެ ރައީސް ޞާލިހު ހަނިމާދޫ އެއާޕޯޓާއި މެދު ކުރެއްވި ޕޯސްޓް

ހަމައެހެންމެ މި އެއަޕޯޓާއި އެކު ހަނިމާދޫގައި އިގްތިސާދީ ވިއުގަ އިތުރަށް ފުޅާކޮށް، އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ޤާބިލްކަން އިތުރުކުރުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއާޕޯޓްގެ ފުރިހަމަ މަންފާ ހާސިލް ކުރެވޭނީ އޭރުން ކަަމަށް ވެސް ކުރީގެ ރައީސް ޞާލިހު ވިދާޅުވި އެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އިންޑިއާ އިން އަދާކުރި ދައުރު އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ހަނިމާދޫ އެއަރޕޯޓް ހުޅުވުމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ކުރީގެ ރައީސް ޞާލިޙު އާއި އިންޑިއާ އަށް ޝުކުރު އަދާކުރައްވާފައެވެ. ޝާހިދު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢަށް ބޭނުންވާ އެހީ ހޯއްދެވުމަށާއި، އެކަމާއި ގުޅޭ އެހެން ކަންކަމުގައި އިންޑިއާ ސަރުކާރާއިއެކު މަޝްވަރާކޮށްފައި ވަނީ ރައީސް ޞާލިހުގެ ބެއްލެވުމުގެ ދަށުންނެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެއަރޕޯޓް ހުޅުވުމަކީ ރައީސް ސާލިޙު ވެރިކަމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށުނު މުހިންމު މަޝްރޫޢެއްގެ ފުރިހަމަވުން ކަމަށެވެ. މި މުހިންމު މަޝްރޫޢު ފެއްޓެވުމަށް އިސްނެންގެވި ކަމަށްޓަކައި ރައީސް ސާލިޙް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރު ދަންނަވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިއިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން އެމަޝްރޫޢަށް ވަރަށް ބޮޑަށް ފާޑު ކުޔާފައިވެ އެވެ. ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢަކީ އިންޑިޔާ ސިފައިންގެ ބޭނުމަށް ހިންގޭ މަޝްރޫޢެއް ކަމަށް ވެސް އޭރު ތުހުމަތު ކުރި އެވެ.

- ކޮމެންޓް