ކ. މާލެ
|
19 މާރޗް 2025 | ބުދަ 15:15
އަހުމަދު މައިމޫން މުހައްމަދު ފުލުހަށް ހާޒިރު ކުރުން/ 19.03.2025
އަހުމަދު މައިމޫން މުހައްމަދު ފުލުހަށް ހާޒިރު ކުރުން/ 19.03.2025
ރާއްޖެއެމްވީ
އެމްޑީޕީ ކުއްލި އެއްވުން
މައިމޫނަށް ފަސް ތުހުމަތެއް ކޮށްފައިވޭ، މުޒާހަރާ ކުރުމަކީ ޖިނާއީ ކުށަކަށް ފުލުހުން މިވަނީ ހަދާފައި: އައިކު
އޭނާ ހާޒިރުކުރީ ސަރުކާރާއި ދެކޮޅަށް މަގުމަތީގައި މުޒާހަރާކުރާތީ
ކޮށްފައިވާ ހުރިހާ ތުހުމަތުތަކަށް ވަނީ ފުރިހަމައަށް ޖަވާބުދާރީވެފައި

އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދަށް ފަސް ތުހުމަތެއް ކޮށްފައިވާ ކަމަށާއި، މުޒާހަރާ ކުރުމަކީ ޖިނާއީ ކުށަކަށް ފުލުހުން ހަދާ ނިންމާފައިވާ ކަމަށް ގާނޫނީ ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 1:00ށް މާފަންނު ޕޮލިހަށެވެ. އޭނާ ހާޒިރުކުރީ ސަރުކާރާއި ދެކޮޅަށް މަގުމަތީގައި މުޒާހަރާކުރާތީއެވެ. މައިމޫނަށް ފޮނުވި ޗިޓްގައި ބުނެފައިވަނި މާޗް 11 ވަނަ ދުވަހުގެ ރޭގަނޑު ވަގުތުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާކޮށް އަޑުގަދަކޮށް އާންމު ދަތުރުފަތުރަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މަގުބަންދު ކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ހުރަސްކޮށް ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާތީކަމަށް ތުހުމަތުކުރެވޭތީއެވެ.

ފުލުހުންނަށް ޖަވާބުދާރީވުމަށްފަހު، ނުކުމެ އެސަރަހައްދުގައި ހުންނަވައި، އޭނާގެ ގާނޫނީ ވަކީލު އައިކު ވިދާޅުވީ ކޮށްފައިވާ ހުރިހާ ތުހުމަތުތަކަށް ފުރިހަމައަށް ޖަވާބުދާރީވެފައިވާ ކަމަށެވެ. ކޮށްފައިވާ ސުވާލުތަކުން މުޒާހަރާ ކުރުމަކީ ޖީނާއީ ކުށަކަށް ފުލުހުން ހަދާފައިވާކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރެވުނު ސުވާލުތަކަށް ބަލާއިރު، އަސްލު ސުވާލު ކުރީ ހަމައެކަނި ހުއްދަ ނުނަގާ މުޒާހަރާ ކުރުމާއި ގުޅިގެން. އަޑު ގަދަ ކުރިންތޯ. ބެރިކޭޑް ހުރަސް ކުރިންތޯ. އެއްވެސް މީހަކަށް އަނިޔާ ކުރިންތޯ. އަޅުގަނޑުމެންނަށް ސުވާލުތަކުން ހަމަ ދޭހަވީ އަޅުގަނޑުމެންނަށް ތުހުމަތު މިކުރެވެނީ ޖީނާއީ ކުށަކީ މުޒާހަރާ ކުރުން ކަމަށް. ފުލުހުން މިހާރު އޮތީ މުޒާހަރާ ކުރުމަކީ ޖިނާއީ ކުށަކަށް ހަދާ ނިންމާފައި. މިއީ އަޅުގަނޑުމެން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން. އަޅުގަނޑުމެން ޖަވާބުދާރީވީން. ޖަވާބުދާރީވިއިރުގައި މިކަންތައް ވަނީ ވަރަށް ރަނގަޅަށް ފުލުހުންނަށް ސާފުކޮށްދީފައި. އެހެންވީމަ އަޅުގަނޑު އެދެނީ މިކަހަލަ ސިޔާސީ ދައުވާ ކުރުމަށް އެތުހުމަތު ކުރުމަށް ހުއްޓާލާފައި. އަޅުގަނޑު ހަމަ ފުލުހުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ އެމްޑީޕީގެ ޒުވާނުން އަދި އެމްޑީޕީގެ މެންބަރުން ބިރު ދެއްކޭނެ ބާއޭ. އެހެންވީމަ މިކަހަލަ ޑްރާމާ ކުޅުން ރޯދަ މަހުގެ ދުވާލު ހުއްޓާލާ.

ގާނޫނީ ވަކީލު އައިކު އަހުމަދު އީސާ

މައިމޫނުގެ އިތުރުން އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ދަނީ ޕޮލިހަށް ހާޒިރު ކުރަމުންނެވެ.

- ކޮމެންޓް