ކ. މާލެ
|
19 މާރޗް 2025 | ބުދަ 14:53
އާދަމް މުހައްމަދު މަނިކު (ފުނަމާ) ފުލުހަށް ހާޒިރު ކުރުން/ 19.03.2025
އާދަމް މުހައްމަދު މަނިކު (ފުނަމާ) ފުލުހަށް ހާޒިރު ކުރުން/ 19.03.2025
ރާއްޖެއެމްވީ
އެމްޑީޕީ ކުއްލި އެއްވުން
މަސައްކަތް ކުރަނީ އެމްޑީޕީ ދުއްވާލަން، އެކަމެއް ނުވާނެ: ފުނަމާ
މަގު މައްޗަށް ނުކުތީ އެތައް ހާސްބައެއްގެ ހައްގުތައް ނިގުޅައި ގަތުމުން
މި މަސައްކަތް ނުހުއްޓުވޭނެ
ކުއްލި އެއްވުންތަކާއި ގުޅިގެން ސަރުކާރު ވަރަށް ބޮޑަށް ބިރު ގަނޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބާއްވާ ކުއްލި އެއްވުންތަކުގައި އިސްކޮށް ހަރަކާތްތެރިވާ އާދަމް މުހައްމަދު މަނިކު (ފުނަމާ) ފުލުހަށް ހާޒިރުކޮށްފިއެވެ.

އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 1:00ށް ހެންވޭރު ޕޮލިހަށެވެ.

އެ ސަރަހައްދުގައިހުރެ ރާއްޖެއެމްވީއަށް އާދަމް މުހައްމަދު މަނިކު ބުނީ މަގު މައްޗަށް ނުކުތީ އެތައް ހާސްބައެއްގެ ހައްގުތައް ނިގުޅައި ގަތުމުން ކަމަށާއި، ހައްގުތައް ހޯދުމަށް ކަމަށެވެ. މި މަސައްކަތް ނުހުއްޓުވޭނެ ކަމަށް އޭނާ ބުންޏެވެ.

އެތައް ހާސްބައެއްގެ ހައްގުތައް ނިގުޅައިގަތުމުން އެމީހުންގެ ޝަކުވާތަކާއެކު މި ނުކުތީ. އަޅުގަނޑަކީ ގޯއްޗަށް އެދިފައި މީހެއް ނޫން. ފްލެޓަށް އެދިފައިވާ މީހެއް ނޫން. ރައްޔިތުންނަށް އަނިޔާ ލިބޭ ގޮތްތަކެއް މިސަރުކާރުން ފަހިކުރަމުން ދިޔާމަ އެކަމުގައި އަޑު އުފުލަން އަޅުގަނޑުމެން ނުކުމެ މިއުޅެނީ. ދެން ކޮންމެ ގޮތެއް ވިޔަސް މިސަރުކާރުން އެހައްގުތައް ނިގުޅައިގަނެފައި އެކަން ނުބޮހެއްޓޭނީ އަޅުގަނޑުމެން ހައްޔަރުކޮށްގެން ކަމަށް އެބޭފުޅުންނަށް ފެނިގެން ވަރަށް މޮޔަ ކަމެއް މިކުރަނީ. މިކަމެއް ނުހުއްޓޭނެ. އެމްޑީޕީ ވެސް އެބައޮތް. މަސައްކަތުގައި ކުރިއަށްދާނެ. ހައްގެއް ހޯދަން ކުރަންޏާ ނުކުންނާނަން މަގުމައްޗަށް.

އާދަމް މުހައްމަދު މަނިކު (ފުނަމާ)

އާދަމް މުހައްމަދު މަނިކު ބުނީ މި ބާއްވާ ކުއްލި އެއްވުންތަކާއި ގުޅިގެން ސަރުކާރު ވަރަށް ބޮޑަށް ބިރު ގަންނަ ކަމަށާއި، މަސައްކަތް ކުރަނީ އެމްޑީޕީ ދުއްވާލަން ކަމަށެވެ. އަދި އެކަން ކާމިޔާބު ނުވާނެ ކަމަށާއި، އެއަށްވުރެ އެމްޑީޕީ ގަދަވާނެ ކަމަށް އޭނާ ބުންޏެވެ.

- ކޮމެންޓް