ކ. މާލެ
|
18 މާރޗް 2025 | އަންގާރަ 21:58
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް މައިމޫން، އޭނާ ވެސް ފުލުހަށް ހާޒިރުކުރުމަށް ވަނީ ޗިޓް ފޮނުވާފައި
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް މައިމޫން، އޭނާ ވެސް ފުލުހަށް ހާޒިރުކުރުމަށް ވަނީ ޗިޓް ފޮނުވާފައި
ރާއްޖެއެމްވީ
މައިމޫން ޕޮލިހަށް ހާޒިރުކުރަން އެންގުން
މައިމޫނު ވެސް ހާޒިރުކުރަނީ
މައިމޫން ހާޒިރުވާން އެންގީ 19 ވަނަ ދުވަހުގެ މެންދުރު 1:00 ށް
އޭނާ ހާޒިރުކުރަނީ ސަރުކާރާއި ދެކޮޅަށް މަގުމަތީގައި މުޒާހަރާކުރާތީ

އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ފުލުހަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފިއެވެ.

މައިމޫން ފުލުހަށް ހާޒިރުކުރަން ޗިޓް ފޮނުވާފައިވަނީ އަންގާރަ ދުވަހުއެވެ. އޭނާ ހާޒިރުކުރަނީ ސަރުކާރާއި ދެކޮޅަށް މަގުމަތީގައި މުޒާހަރާކުރާތީއެވެ. މައިމޫނަށް ފޮނުވި ޗިޓްގައި ބުނެފައިވަނި މާޗް 11 ވަނަ ދުވަހުގެ ރޭގަނޑު ވަގުތުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާކޮށް އަޑުގަދަކޮށް އާންމު ދަތުރުފަތުރަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މަގުބަންދު ކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ހުރަސްކޮށް ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާތީކަމަށް ތުހުމަތުކުރެވޭތީއެވެ.

އޭނާ ހާޒިރުވާން އަންގާފައިވަނީ މާފަންނު ޕޮލިހަށެވެ. ހާޒިރުވާން އަންގާފައިވަނީ 19 ވަނަ ދުވަހުގެ މެންދުރު 1:00 އަށެވެ.

މައިމޫނުގެ އިތުރުން އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ވަނީ ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

އެމްޑީޕީގެ މުޒާހަރާތަކާއި ގުޅިގެން މިހާތަނަށް ހާޒިރުކުރި މީހުންގެ ތެރޭގައި ރީޝާ އަހުމަދު، އާއިޝަތް ނަޖުދާ އަލީ، ފާތިމަތު ޝިއުނާ، ހަދީޖާ މުހައްމަދު، މަރިޔަމް ޒުބައިރުގެ އިތުރުން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ، އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކުގެ އިތުރުން މާޒް ސަލީމް އަދި މުޒާހަރާގައި ބައިވެރިވާ އިތުރު ފަރާތްތައް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

- ކޮމެންޓް