ކ. މާލެ
|
17 މާރޗް 2025 | ހޯމަ 12:41
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގައި ވާހަކަދައްކަވަނީ
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓު
"ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލް ފާސްކުރީ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ މައްސަލަ ހުއްޓުވުމަށް، ރޭވިގެން"
މި ބިލު ފުރަތަމަ ފަހަރަށް ފާސްކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި
ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ފޮނުއްވީ 11 މާރޗް 2025ގައި
މުޅި ޤާނޫނުއަސާސީ ފުނޑާލާފަ، ވަކި މީހަކު ބޭނުންވާ ގޮތަށް ގާނޫނު ތިރިކުރުމުގެ ނަތީޖާ މިއަދު މި ފެންނަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު ފާސްކުރީ ސުޕްރީމްކޯޓުގައި ހިނގަމުން ދިޔަ މައްސަލަ އެއް ހުއްޓުވާލުމަށް ރޭވިގެން ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. މި ބިލު ފުރަތަމަ ފަހަރަށް ފާސްކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ. ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ފޮނުއްވީ 11 މާރޗް 2025ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް މި ބިލު ފޮނުވުމުން ރައީސް ވަނީ އެ ބިލާއި މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން އަނބުރާ ފޮނުވާލެއްވި ނަމަވެސް ކުރިން ބިލު އަވަހަށް ފާސްކުރީ ސީދާ ރައީސްގެ އެންގެވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ޤާނޫނުއަސާސީ ފުނޑާލާފަ، ވަކި މީހަކު ބޭނުންވާ ގޮތަށް ގާނޫނު ތިރިކުރުމުގެ ނަތީޖާ މިއަދު މި ފެންނަނީ. މި ޒާތްޒާތުގެ ކަންކަމުން ގެއްލެނީ މަޖިލީހަށް ކުރާ އިތުބާރު.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މި ބިލު ޤާނޫނުއަސާސީގެ އެތައް މާއްދާ އަކާއި ޚިލާފުކަމަށް ބުނެ ވަކީލުންގެ ފަރާތުން ޕެޓިޝަނެއް ވެސް ހުށަހަޅުއްވާފައެވެ. ކޮމިޓީ އަށް ފުރުސަތެއް ނުދީ ބިލު ފޮނިވި ގޮތަށް ބިލު ފާސްކުރީ ރާސްލާފައި ފަޓާސްބަރި އެއްހެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް މި ބިލުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި، 57 މެމްބަރުންގެ ވޯޓާއި އެކު އެ ބިލު އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ.

- ކޮމެންޓް