ކ. މާލެ
|
17 މާރޗް 2025 | ހޯމަ 13:08
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު, އެމްޑީޕީން މީގެ ކުރިން ބޭއްވި "ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު, އެމްޑީޕީން މީގެ ކުރިން ބޭއްވި "ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އެމް.ޑީ.ޕީ
ބިރު ދެއްކުމާއި ފިއްތުންތަކަށް އެމްޑީޕީ ނުސިހޭނެ: ރައީސް ޞާލިޙް
އެމްޑީޕީގެ އިސް ޚިދުމަތްތެރިއެއްގެ ގޮތުގައި ހުންނެވި މަންދީ ޒުބައިރަށް ބިރު ދައްކައި، ކަޅު ތެޔޮ ޖަހައި ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި
އެއީ ފިނޑި އަމަލެއް ކަމަށާއި، އެއީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް ފާޑު ކިޔާ އެންމެންނަށް ބިރު ދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފައި
ރައްޔިތުންގެ ހައްޤުގައި އެމްޑީޕީ އިން ކުރިއަށް ގެންދާ ސުލްޙަވެރި ސިޔާސީ ހަރަކާތްތައް ފަހަތަށް ޖެހުމެއް ނެތި ކުރިއަށް ދާނެ

ބިރު ދެއްކުމާއި ފިއްތުންތަަކަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ނުސިހޭނެ ކަމަށް ވިދާޅުވެ، މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލަ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުށްވެރި ކުރައްވައިފި އެވެ.

މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ، މާލޭގެ ވުޑްބެރީ ރެސްޓޯރަންޓް ހިމެނޭ ސަރަހައްދުގަ އެވެ. މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައި ވަނީ ހެލްމެޓު އަޅައިގެން އަދި މާސްކް އަޅައިގެން ސައިކަލުގައި އައި ބައެކެވެ.

އެކަމާ ގުޅިގެން ރައީސް ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިސް ޚިދުމަތްތެރިއެއްގެ ގޮތުގައި ހުންނެވި މަންދީ ޒުބައިރަށް ބިރު ދައްކައި، ކަޅު ތެޔޮ ޖަހައި ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

އަަދި އެއީ ފިނޑި އަމަލެއް ކަމަށާއި، އެއީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް ފާޑު ކިޔާ އެންމެންނަށް ބިރު ދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވައިފަ އެވެ.

އިތުރަށް ރައީސް ޞާލިޙު ވިދާޅުވީ އެ ގަދަ ފިއްތުންތަކާއި، ބިރު ދެއްކުމް އެމްޑީޕީ ނުސިހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްޤުގައި އެމްޑީޕީ އިން ކުރިއަށް ގެންދާ ސުލްޙަވެރި ސިޔާސީ ހަރަކާތްތައް ފަހަތަށް ޖެހުމެއް ނެތި ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީން އިސް ނަގައިގެން މިހާރު ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން އަންނަނީ އެކި ކަންކަން ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކުރުމާއި، މުޒަހަރާގެ ބައިވެރިން ފުލުހަށް ޙާޟިރު ކުރަމުން އަންނަކަން ފާހަގަ ކުރެވެ އެވެ.

- ކޮމެންޓް