ކ. މާލެ
|
16 މާރޗް 2025 | އާދީއްތަ 18:08
މަރިޔަމް ޒުބައިރު (މަންދީ)  އަދި އިތުރު ބައެއް އަންހެނުން އެމްޑީޕީގެ މުޒާހަރާގައި ބިންމަތީގައި އިށީނދެލައިގެން
މަރިޔަމް ޒުބައިރު (މަންދީ) އަދި އިތުރު ބައެއް އަންހެނުން އެމްޑީޕީގެ މުޒާހަރާގައި ބިންމަތީގައި އިށީނދެލައިގެން
އެމްޑީޕީ
މަންދީ އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ
މަންދީ އަށް 3 ވަނަ ޗިޓް - މިފަހަރު ތުހުމަތަކީ ކުޑަ ކުއްޖެއްްގެ ކަރާމާތަށް އުނިކަން އަންނަ ވާހަކަ އެއް ދެއްކުން
އާދިއްތަ ދުވަހު ވެސް މަންދީ ފުލުހަށް ހާޒިރު ކުރި
މަންދީ ހިމެނޭހެން ބައެއް މީހުންގެ މައްޗަށް މަދަނީ ދައުވާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ނިންމަވާފަ
އަންގާފައި ވަނީ ހޯމަ ދުވަހުގެ 01:30 އަށް ފުލުހަށް ހާޒިރުވުމަށް މަންދީ އަށް ވަނީ އަންގާފައި

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ މުޒާހަރާ ތަކާ ގުޅިގެން ފުލުހަށް ޙާޟިރު ވުމަށް، އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަރިޔަމް ޒުބައިރު (މަންދީ) އަށް ތިން ވަނަ ޗިޓެއް ފޮނުވައިފިއެވެ.

އޭނާ އަށް ފޮނުވި ތިން ވަނަ ޗިޓުގައި އަންގާފައި ވަނީ ހޯމަ ދުވަހުގެ 01:30 އަށް ފުލުހަށް ހާޒިރުވުމަށެވެ. އޭނާ ހާޒިރުކުރުމަށް ނިންމާފައި ވަނީ ސަރޖަން އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ އޭނާ ފުލުހަށް ހާޒިރު ކުރަނީ ޗިލްޑްރަންސް އޮމްބޮޑްސްޕަރސަންގެ އޮފީހުން ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެ ޗިޓުގައި ހިމަނާފަ އެއް ނުވެއެވެ.

މިފަދަ މައްސަލަ އެއް ފުލުހުން ބަލަން ފަށާފައި މި ވަނީ މަންދީ ހިމެނޭހެން ބައެއް މީހުންގެ މައްޗަށް މަދަނީ ދައުވާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެމްޑީޕީ އާއި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އަށް ދައުވާ ކުރުމަށް ސާޖިދާ ވަނީ ނިންމަވާފައެވެ. ސާޖިދާގެ ފަރާތުން މި މަދަނީ ދައުވާތައް ކުރަނީ މަންދީ އޭނާގެ ކުދިންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެއެވެ.

އޮމްބޮޑްސް ޕަރސަންގެ ފަރާތުން މިފަަ މައްސަލަ އެއް ހުށަހަޅާފައި މި ވަނީ ކަމާއި ބެހޭ ފަރާތްތަކުން މި މައްސަލައިގައި ޖިނާއީ ދައުވާ ކުރާނެ ކަަމަށް ޤަބޫލުކުރެވޭ ކަަމަށް ބުރެ ސާޖިދާގެ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރު ވާހަކަދައްކަވާފައި ވަނިކޮށެވެ.

ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ، އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑް ހުރަސްކޮށް ފުލުހުންގެ ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މީގެ ކުރިން ވެސް އޭނާ އަށް ފުލުހަށް ހާޒިރުވުމަށް ދެ ފަހަރަށް އަންގާފައިވެއެވެ. އެގޮތުން އާދިއްތަ ދުވަހު ވެސް އޭނާ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

- ކޮމެންޓް