ކ. މާލެ
|
16 މާރޗް 2025 | އާދީއްތަ 13:43
މަރިޔަމް ޒުބައިރު އާއި ފަތިމަތު ޝިއުނާ
މަރިޔަމް ޒުބައިރު އާއި ފަތިމަތު ޝިއުނާ
ރާއްޖެއެމްވީ
އެމްޑީޕީ ކުއްލި އެއްވުން
މަންދީއާއި ޝިއުނާ ދެވަނަ ފަހަރަށް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި
މަންދީއާއި ޝިއުނާ ފުލުހަށް ހާޒިރު ކުރަނީ މުޒާހަރާ އާއި ގުޅިން އޭނާއާ ސުވާލުކޮށް ބަޔާން ނެގުމަށް
މާލޭގެ މަގުތަކުގައި މުޒާހަރާކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިފައިވާ ކަމުގެ ތުހުމަތު މަންދީ އާއި ޝިއުނާގެ މައްޗަށް ކޮށްފައިވޭ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ މުޒާހަރާ ތަކާ ގުޅިގެން ފުލުހަށް ޙާޟިރު ވުމަށް، އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަރިޔަމް ޒުބައިރު (މަންދީ) އަދި ފާތިމަތު ޝިއުނާއަށް ދެވަނަ ފަހަރަށް ޗިޓު ފޮނުވައިފި އެވެ.

އާދިއްތަ ދުވަހު ފުލުހުން މަންދީ އަށް އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، މާފަންނު ޕޮލިސް ސްޓޭޝަން އަށް ޙާޟިރު ވުމަށެވެ. އަދި ޝިއުނާ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 އަށް، މާފަންނު ޕޮލިސް ސްޓޭޝަންއަށް ހާޒިރު ވުމަށެވެ.

މަންދީއަށް އަދި ޝިއުނާއަށް އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، 2025 މާރިޗް 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ، އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑް ހުރަސްކޮށް ފުލުހުންގެ ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެންނެވެ،

އެ ތުހުމަތުގައި މަންދީ އަދި ޝިއުނާ ޙާޟިރު ކުރަނީ އެފަރާތް ތަކާ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ބުނެފައިވެއެވެ. ބަޔާން ނެގުމަށް އެއް ގަޑިއިރާއި ތިރީސް މިނިޓް ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ޗިޓުގައި ވަނީ ބުނެފަ އެވެ.

މުޒާހަރާ އާއި ގުޅިގެން މީގެ ކުރިން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސަލީމް (މާޒް ސަލީމް)، އަދި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ޝާމިން ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

ފުލުހަށް ހާޒިރުކުރި ފަރާތްތަކުން ބުނެފައިވަނީ މިއީ ސުލްހަވެރިކަމާއި އެކު، މިސަރުކާރާއި ދެކޮޅަށް ނިކުންނަ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، ބުހައްޤު ބާރޔު ބާރުގެ ބޭނުންކޮށް، އެތަކެއް އަނިޔާތަކެއް ދެމުން ކަމަށް އިހުތިތާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.

ސުލްހަވެރިކަމާއެކު ކުރިއަށްދާ އިހްތިޖާޖުތަކުގައި ގޮވާލަމުން ގެންދަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވީ ގޮތަށް ފްލެޓާ ގޯތި ލިބިފައިވާ މީހުންނަށް އެތަންތަން ހަވާލު ކުރުމަށެވެ.

- ކޮމެންޓް