ކ. މާލެ
|
16 މާރޗް 2025 | އާދީއްތަ 00:18
މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ، އެމްޑީޕީން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ތެރެއިން -  15-03-2025
މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ، އެމްޑީޕީން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ތެރެއިން - 15-03-2025
ރާއްޖެއެމްވީ
އެމްޑީޕީ ކުއްލި އެއްވުން
ރައީސް މުޢިއްޒު އަމިއްލަ ފަރުދުންނަށް ފޯނުން ގުޅައި އިންޒާރު ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް: ރާއީ
ރައްޔިތުންނަށް މިހާ ބޮޑު ގެއްލުމެއްދިން ސަރުކާރެއް ނެތް
ރައީސް މުއިއްޒު އަމިއްލަ ފަރުދުންނަށް ފޯނުން ގުޅައި އިންޒާރު ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް
Rizna Zareer
ރިޒްނާ ޒަރީރު

އައްޑޫ ބިޔުރޯ

3,092

މިއަދު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް، އިދިކޮޅު ފަރާތްތަކުގެ އަޑު އިވޭ ކަމަށާއި، ނަމަވެސް އަމިއްލަ ފަރުދުންނަށް ފޯނުން ގުޅައި އިންޒާރު ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކުއްލި އެއްވުމުގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ރައީސް މުއިއްޒު ވަކި ވަކި ފަރުދުންނަށް ގުޅައި އިންޒާރު ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ރޭގެ އެއްވުމުގެ ތެރެއިން އޭނާއަތުން މައިކު އަތުލާފައި، ޤާނޫނީ ވަކީލް މަހްފޫޒު ސައީދު ވާހަކަ ދެއްކީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށެވެ.

އަދަދު ނޫހުގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރުދެއްވުމަކީ، އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކެތްކުރެވޭނެ ކަމެއް ނޫން ކަމަށާއި ރޭގެ މުޒާހަރާގައި ފެނިގެންދިޔައީ އެފަދަ މަންޒަރުތަކެއް ކަމަށެވެ.

މީގެ އިތުރުން ރައީސްގެ ދަރިންގެ އަބުރު ނަގާލަނީ އެމްޑީޕީން ކަމަށް ސަރުކާރުން ބުނަމުންދާއިރު ހިތާމައަކީ މިއަދު، އެމަނިކުފާނުގެ 18 އަހަރުން ދަށުގެ ދަރިންގެ ނަމާއި ހުރިހާ މައުލޫމާތެއް މުޅި ރާއްޖެއަށް އިއުލާންކުރީ ހަމަ އެމަނިކުފާނުގެ އާއިލާއިން ކަމަށް ރާއީ ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ސްޓޭޓްމަންޓެއް، ކުދިންގެ އެންމެހާ މައުލޫމާތާއި އެކީ ހިއްސާކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި ކޮންމެ ކުއްޖަކީ ރައްކާތެރިވާންޖެހޭނެ ކުއްޖެއް ކަމަށްވެސް ރާއީ ވިދާޅުވިއެވެ. އަދި ރައީސްގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން، އިންތިޒާމްކޮށްފައިވަނީ ރައީސް އޮފީހުން ކަމަށްވެސް ރައީ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައްވަމުން ރާއީ ވިދާޅުވީ، ޝުއޫރު ފާޅުކުރުމުން މައްސަލައަކަށް ވާނަމަ ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގެ ރައްޔިތުން ޖަލަށް ދާންޖެހިދާނެ ކަމަށެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، އަނިޔާ ކުރަމުން ކަމަށް އިހުތިޖާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.

- ކޮމެންޓް