ކ. މާލެ
|
4 މެއި 2025 | އާދީއްތަ 14:20
އެމްޑީޕީ އިން ބޭއްވި އެއްވުމުގައި މަންދީ ވާހަކަ ދައްކަވަނީ
އެމްޑީޕީ އިން ބޭއްވި އެއްވުމުގައި މަންދީ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އެމް.ޑީ.ޕީ
މަންދީގެ މައްސަލައިގެ އަޑު އެހުމެއް ބުދަ ދުވަހަށް ތާވަލުކޮށް, ޗިޓު ފޮނުވައިފި
މައްސަލައިގެ ކޭސް މެނޭޖުމަންޓާ ގުޅޭ ގޮތުން ބާއްވާ އަޑު އެހުމަކަށް މަންދީ އަށް ވަނީ ޗިޓު ފޮނުވާފައި.

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، މަރިޔަމް ޒުބެއިރު (މަންދީ)އާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކޮށްފައިވާ ދައުވާގެ އަޑު އެހުމެއް ބުދަ ދުވަހަށް ތާވަލުކޮށް، ޗިޓު ފޮނުވައިފި އެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑު އެހުން ބާއްްވާފައި ވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަޑު އެހުމުގައި ވަނީ ޖަވާބުދާރީވުމަށް މަންދީ އަށް 15 ވަނަ ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެގޮތުން މެއި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވުމަށް ވަނީ ފުރުސަތު ދީފަ އެވެ.

އެހެން ނަމަވެސް، މި މައްސަލައިގެ ކޭސް މެނޭޖުމަންޓާ ގުޅޭ ގޮތުން ބާއްވާ އަޑު އެހުމަކަށް މަންދީ އަށް ވަނީ ޗިޓު ފޮނުވައިފަ އެވެ. އެއީ ބުދަ ދުވަހުގެ ހެނދުނު 11:15 އަށް ސިވިލް ކޯޓަށް ޙާޟިރުވުމަށެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑު އެހުމަށް ފަހު މަންދީގެ ވަކީލު އިބްރާހީމް ޝިޔާން ވިދާޅުވެފައި ވަނީ މައްސަލަ ބެލުމުގެ އިޙުތިޞާސް ފެމެލީ ކޯޓަށް ލިބިގެންވޭތޯ މަންދީގެ ފަރާތުން ސުވާލު ކޮށްފައިވާނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސުވާލެއް އުފައްދަން ބޭނުންވާ ނަމަ، މެއި މަހުގެ 15 ގެ ކުރިން އެ ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު ވަނީ މަންދީ އަށް ދީފަ އެވެ.

އެ ދުވަހުގެ އަޑު އެހުމަށް ފަހު ވާހަކަ ދައްކަވަމުން މަންދީ ވިދާޅުވީ، މިއީ އޭނާ އަށް ބިރު ދައްކައި، ފަހަތަށް ޖެއްސުމުގެ މަޤުސަދުގައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ. އެހެން ނަމަވެސް، އެ ދައުވާގެ ސަބަބުން އެމްޑީޕީގެ ޙަރަކާތްތަކުން އޭނާ ފަހަތަށް ނުޖެއްސޭނެ ކަމަށް ވެސް މަންދީ ވިދާޅުވި އެވެ.

އިތުރަށް މަންދީ ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އާންމު ރައްޔިތަކާ ދެކޮޅަށް މިގޮތަށް ދައުވާ ކުރުމުން، އާންމު ރައްޔިތު މީހާ އަށް އިންސާފު ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛް ފައްޔާޟް އިސްމާއީލް އަދި އެ ޕާޓީއާ ދެކޮޅަށް ސާޖިދާ ދައުވާ ކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

- ކޮމެންޓް