ކ. މާލެ
|
14 މާރޗް 2025 | ހުކުރު 11:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ދިދަ، 3ޑީ ޕްރިންޓް ކޮށްފައިވާ މިނިއޭޗަރ މޮޑެލްއެއް.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ދިދަ، 3ޑީ ޕްރިންޓް ކޮށްފައިވާ މިނިއޭޗަރ މޮޑެލްއެއް.
ރޮއިޓަރސް
އެމެރިކާ-އިރާން ގުޅުން
ޓްރަމްޕް ފޮނުއްވި ސިޓީ އަށް އީރާނުން ޖަވާބު ދޭނީ ފުރިހަމަ އަށް ދިރާސާ ކުރުމަށް ފަހު
"އެންމެ ބޮޑު ފިއްތުމެއް" ގެ ދަށުން މަޝްވަރާ ނުކުރާނެ ކަމަށް އީރާނުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ނިއުކްލިއަރ މަޝްވަރާތަކަށް ގޮވާލައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުއްވި ސިޓީ ރަނގަޅަށް ދިރާސާ ކުރެއްވުމަށް ފަހު، ޖަވާބު ދޭނެ ކަމަށް އީރާންގެ ޚާރިޖީ ވުޒާރާ އިން ބުނެފި އެވެ.

އީރާންގެ އިސްވެރިންނަށް އެޑްރެސް ކުރައްވައި ޓްރަމްޕް ފޮނުއްވި ސިޓީ ގައި ވިދާޅުވެފައި ވަނީ، މަޝްވަރާ ކުުރުމަށް ދައުވަތު ދެއްވާ ކަމަށެވެ. އަދި އެކަމަށް އިންކާރު ކޮށްފި ނަމަ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވާފައިވެ އެވެ.

އީރާންގެ ރަސްމީ ނޫސް އެޖެންސީ އައިއާރްއެންއޭއާ ވާހަކަ ދައްކަމުން ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވިދާޅުވީ، ބުދަ ދުވަހު ލިބުނު ސިޓީ މިހާރު ދަނީ ދިރާސާ ކުރަމުން ކަމަށެވެ. އަދި ޖަވާބު ދޭނެ ގޮތެއް ނިންމާނީ ފުރިހަމަ އަށް ދިރާސާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ބޮޑު ފިއްތުމެއް" ގެ ދަށުން މަޝްވަރާ ނުކުރާނެ ކަމަށް އީރާނުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި، 2015 ވަނަ އަހަރު ނިއުކްލިއަރ އެއްބަސްވުން (ޖޭސީޕީއޯއޭ) އުވާލުމަށްފަހު، އީރާންްގެ މައްޗަށް ދަތި ކުރުވަނިވި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

ބުދަ ދުވަހު ޔޫއޭއީގެ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދޭ އެޑްވައިޒަރު އަންވަރު ގަރްގާޝް ވަނީ ތެހެރާނަށް ޒިޔާރަތް ކުރައްވައި ޓްރަމްޕްގެ ސިޓީ ރައްދު ކުރައްވާފައި އެވެ.

އެދުވަހު، ސިޓީ ބެއްލެވުމުގެ ކުރިން އީރާންގެ ރޫޙާނީ ލީޑަރު އާޔަތުއްﷲ ޚާމަނާއީ ވިދާޅުވީ، މަޝްވަރާ އަށް ޓްރަމްޕް ގޮވާލެއްވުމަކީ "ދުނިޔޭގެ ރައްޔިތުންނަށް އޮޅުވާލުމެއް" ކަމަށެވެ.

ނިއުކްލިއަރ ހަތިޔާރު ތަރައްޤީ ކުރަން އީރާނުން ބޭނުންވާ ނަމަ، އެމެރިކާ އަށް އެކަން ހުއްޓުވޭނެ ކަމަކަށް ޚާމަނާއީ ދެކެވަޑައެއް ނުގަންނަވަ އެވެ.

އޭނާ ވިދާޅުވީ އީރާނުން ނިއުކްލިޔަރ ހަތިޔާރު ނުގެން ގުޅެނީ، އަދި އެކަމަށް މަސައްކަތް ނުކުރަނީ އެ ޤައުމުން އެކަން އެގޮތަށް ބޭނުން ނުވާތީ ކަމަށެވެ. 

އައިއޭއީއޭ އިން ފާއިތުވި މަހު ބުނެފައިވާ ގޮތުގައި، އީރާންގެ 60 އިންސައްތަ ބިމުން ސާފުކަން ހުރި ޔުކްރޭނިއަމްގެ ސްޓޮކްޕައިލް ވަނީ އިތުރުވެފަ އެވެ.

މިއީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 ޕަސެންޓްގެ ފެންވަރާ ކައިރި މިންވަރެކެވެ. ނަމަވެސް އީރާނަށް ދަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދެކޮޅު ހަދަމުންނެވެ. 

- ކޮމެންޓް