ކ. މާލެ
|
9 މާރޗް 2025 | އާދީއްތަ 02:43
އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ) އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގައި ވާހަކަދައްކަވަނީ - 08.03.2025
އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ) އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގައި ވާހަކަދައްކަވަނީ - 08.03.2025
ރާއްޖެއެމްވީ
އެމްޑީޕީގެ އިހުތިޖާޖު
"އެމްޑީޕީން މަގުމައްޗަށް ނުކުންނަން މަޖުބޫރުވީ މާދަމާ ސަރުކާރުން ރައްޔިތުން ޖައްސަފާނެ ދަންތުރައަކުން ސަލާމަތްކުރުމަށް"
މި ވެރިކަމަކީ ޚުދުމުހުތާރު ވެރިކަމެއް ކަމަށާއި މިހާރު ކަންކަން ކުރާ ގޮތަށް ކަންކަން ކުރަން ދޫކޮށްގެން ތިބެވެން ނެތް ކަމަށް އޭނާ ވިދާޅުވި
ރައީސް މުއިއްޒު އަކީ ފިނޑި ބޭފުޅެއް ކަމަށާއި މަސައްކަތް ކުރައްވަނީ ހުރިހާ އެންމެން ކޮންޓްރޯލްކުރުމަށް ކަމަށް އޭނާ ވިދާޅުވި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) މަގުމައްޗަށް ނުކުންނަން މަޖުބޫރުވީ މާދަމާ ސަރުކާރުން ރައްޔިތުން ޖައްސަފާނެ ދަންތުރައަކުން ސަލާމަތްކުރުމަށް ކަމަށް އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް މުއިއްޒު އަކީ އިތުރުފުޅު ހެއްދެވުމުގަ އަރާހުރި ބޭފުޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރަމަޟާން މަހު އެމްޑީޕީން މަގުމައްޗަށް ނުކުތީ އެއްވެސް ހާލެއްގައި އާއްމުންނަށް އުނދަނގޫ ކުރަން ނޫން ކަމަށާއި އެމްޑީޕީން މަގުމައްޗަށް ނުކުންނަން ޖެހުނީ ގެއްލިފައިވާ ހައްގުތައް ހޯދާ ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ފަހަރަކު ހައްގެއް އާއްމުންގެ ކިބައިން ނިގުޅައިގަންނަމުން ކަމަށާއި އެކަން ބަލަން އެމްޑީޕީން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ އެ މަނިކުފާނު ވީ ހުރިހާ ވައުދަކާއި ޚިލާފުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވީހާ ވައުދުތައް ވިސްނާލައްވާ. ދަރަނި އޮތް މިންވަރު އެނގޭ ވާހަކަ އާއި ބޮޑެތި ފްލެޓް އަޅާނެ ވާހަކަ. އެކަމަކު އަތް ކޮށްޕާލީ އާއްމުންގެ ޖީބަށް. ފްލެޓުން ކުރީ ވައްކަން. ވައްކަން ކުރީ ޕީއެންސީ މެމްބަރުންނަށް ފްލެޓް ދޭން ވެގެން. މިތިބީ އަނިޔާވެރިކަމާއި ދެކޮޅަށް ނުކުމެ.

އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ)

މި ވެރިކަމަކީ ޚުދުމުހުތާރު ވެރިކަމެއް ކަމަށާއި މިހާރު ކަންކަން ކުރާ ގޮތަށް ކަންކަން ކުރަން ދޫކޮށްގެން ތިބެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މުއިއްޒު އަކީ ފިނޑި ބޭފުޅެއް ކަމަށާއި މަސައްކަތް ކުރައްވަނީ ހުރިހާ އެންމެން ކޮންޓްރޯލްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ވަރަށް މަކަރުވެރިކަމާއި އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް