އީލާން މަސްކް ގެ ސްޕޭސްއެކްސްގެ ބިޔަ ސްޓާޝިޕް އުޅަނދު ބުރާސްފަތި ދުވަހު ޓެކްސަސް އިން ދަތުރު ފެށިތާ މިނެޓު ކޮޅެއްގެ ތެރޭގައި ވައިގެ ތެރޭގައި ގޮވައިފިއެވެ.
މިއީ މަސްކް ކުރިއަށް ގެންދާ މާސް ރޮކެޓް ޕްރޮގްރާމަށް މި އަހަރު ޖެހިޖެހިގެން ކުރިމަތިވި ދެ ވަަނަ ނާކާމިޔާބެވެ.
ޖައްވުގައި އުޅަނދު ގޮވުމާ ގުޅިގެން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ ފްލޯރިޑާގެ ބައެއް ސަރަހައްދުތަކުގެ މަތިންދާ ބޯޓުފަހަރުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ.
އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކޮށްފައިވާ ވީޑިއޯތަކުން ދައްކާގޮތުގައި، އުޅަނދު ކޮންޓްރޯލުން ނެއްޓި އިންޖީނުތައް ހުއްޓުމަށްފަހު، އުޅަނދު ގޮވާ އަލިފާން ރޯވެފައިވާ އުޅަނދުގެ ބައިތައް އުޑުމަތިން ދިމަދިމާލަށް ބުރުއްސައިގެން ވަނީ ގޮސްފައެވެ.
މި ދަތުރަކީ ސްޓާޝިޕްގެ އަށްވަނަ ޓެސްޓް ދަތުރެވެ. އީލާން މަސްކްގެ މާރސް ޕްރޮގްރާމްގެ މި ފެއިލްވުމަކީ މީގެ އެއް މަސް ކުރިން ހިންގި ހަތްވަނަ ޓެސްޓް ދަތުރުވެސް ދިމާވި ގޮތެވެ.
403 ފޫޓު (123 މީޓަރު) ދިގު މި ރޮކެޓް ސިސްޓަމަކީ މަސްކް 2030 ގެ ކުރިން އިންސާނުން މާސް އަށް ފޮނުވުމަށް ރޭވި މައި މަޝްރޫޢުގެ މުހިންމު ބައެކެވެ.
މި ހާދިސާއާ ގުޅޭގޮތުން ތަހުގީގެއް ފަށާފައިވާކަމަށްވެސް އެފްއޭއޭ އިން ބުނެފައިވެއެވެ. ބުރާސްފަތި ދުވަހު ގޮވި ޓެސްޓް ފްލައިޓަށް ހުއްދަ ދިނީ ހުސްވި މަހުއެވެ. މި ފްލައިޓަށް ހުއްދަ ދިން އިރު ކުރިން ގޮވި އުޅަނދުގެ ތަހުގީގުވެސް އަދި އޮތީ ނުނިމިއެވެ.
Tonight Space X Starship Flight No 8 didn't quite go according to plan
— America In Focus (@tacokiwi2024) March 7, 2025
1. The heavy booster returned to the launch pad and was caught once again by the mechizalla arms.
2. Starship however exploded after roughly 8 mins into flight.
So the Democrats will say that Elon Musk… pic.twitter.com/IYIMfWE2ih
ގޮވި އުޅަނގުގެ ބައިތައް ކުނީގެ ގޮތުގައި އެކި ސަރަހައްދުތަކަށް ވެއްޓޭނެ ކަމަށް ބެލޭއިރު ސްޕޭސްއެކްސް އިން ބުނެފައިވާގޮތުގައި މި އުޅަނދުގައި އެއްވެސް ވިހަ މާއްދާއެއް ނުހިމެނޭނެއެވެ.
އެފްއޭއޭ އިން މިހާރު ވަނީ ސްޓާޝިޕްގެ އިތުރު ދަތުރުތައް ހުއްދަކުރުމުގެ ކުރިން މި ހާދިސާގެ ސަބަބު ދެނެގަނެ އެކަން އެ އޮތޯރިޓީއަށް ސާފުކޮށްދިނުމަށް ސްޕޭސްއެކްސް އަށް އަންގާފައެވެ.