އެމެރިކާގެ ރައީސް އާ ގުޅުން ގޯސްވެފައިވާ ބިލިއަނަރު އީލޮން މަސްކް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ފައިސާ ދީފިނަމަ "ނަތީޖާ ވަރަށް ގޯސްވާނެ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮނިހިރު ދުވަހު އެން.ބީ.ސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ބިލިއަނަރު މަސްކް، ޚިޔާލު ތަފާތުވެފައިވާ ޓްރަމްޕްގެ ފުޅާދާއިރާ އެއްގައި ޓެކްސް ކުޑަކުރުމުގެ ބިލަށް ވޯޓުދޭ ރިޕަބްލިކަނުން އަލުން މަޖިލިހަށް ހޮވުނަ ނުދިނުމަށް އެ މީހުންނާ ވާދަކުރުމަށް ނުކުންނަ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ފައިސާ ދީފިނަމަ "ސީރިއަސް ނަތީޖާތަކެއް" ކުރިމަތިވާނެ ކަމަށެވެ.
ފޯނުން ދެއްވި އިންޓަވިއުގައި ޓްރަމްޕް އެ ނަތީޖާތަކަކީ ކޮބައިކަން ވިދާޅުވުމަށް އިންކާރުކުރެއްވިއެވެ. އަދި މަސްކް އާ މެދު ތަޙްގީގެއް ހިންގުމާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ޓެސްލާ އަދި ސްޕޭސްއެކްސް ގެ ސީއީއޯ އާއެކު އޮތް ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ދެކެވަޑައިގަންނަވަންތޯ ދެންނެވުމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑަށް ހީވަނީ އެހެން، އާދެ."