ކ. މާލެ
|
7 މާރޗް 2025 | ހުކުރު 00:44
ޣައްޒާގެ ރެފިއުޖީން އެމީހުންގެ ތަކެއްޗާ އެކު ފައިމަގުގައި އަނބުރާ އަމިއްލަ ގެދޮރު ހުރި ސަރަހައްދަށް އަންނަނީ - 2025 ފެބްރުއަރީ 10 (ފައިލް)
ޣައްޒާގެ ރެފިއުޖީން އެމީހުންގެ ތަކެއްޗާ އެކު ފައިމަގުގައި އަނބުރާ އަމިއްލަ ގެދޮރު ހުރި ސަރަހައްދަށް އަންނަނީ - 2025 ފެބްރުއަރީ 10 (ފައިލް)
ގެޓީ އިމޭޖަސް
ފަލަސްތީނު-އިސްރާއީލު ހަމަނުޖެހުން
ފަލަސްތީނުގެ މައްސަލަ އާ ބެހޭ ގޮތުން ޖެނީވާ މުއާހަދާގެ ދަށުން ސްވިޓްޒަލޭންޑުން ބާއްވާން ހަމަ ޖެއްސި ކޮންފަރެންސް ކެންސަލް ކޮށްފި
ފަލަސްތީނުގެ އެމްބެސެޑަރު ރޮއިޓަރސްއަށް ވިދާޅުވި ގޮތުގައި، ބައިވެރިންނާ ހިއްސާކުރެވުނު ޑްރާފްޓް ޑޮކިއުމެންޓް އެފަރާތުގެ އުންމީދުތަކާ އެއްގޮތްނުވާތީ ކޮންފަރެންސްގައި ބައިވެރިވުމަށް ނުނިންމާކަމަށް ވިދާޅުވި.

ފަލަސްތީނުގެ މައްސަލަ އާ ބެހޭ ގޮތުން ޖެނީވާ މުއާހަދާގެ ދަށުން ސްވިޓްޒަލޭންޑުން ބާއްވާން ހަމަ ޖެއްސި ކޮންފަރެންސް ކެންސަލް ކޮށްފިއެވެ. 

ސްވިޓްޒަލޭންޑުން ބުނީ ކޮންފަރެންސް ކެންސަލު ކުރިކަން ބައިވެރިންނަށް އެންގީ، ބައިވެރިވާ ގައުމުތަކުގެ އެދުމުގެ މަތީން ކަމުގައެވެ. 

ފަލަސްތީނުން ހިފާފައިވާ ޓެރިޓަރީތަކުގައި އުޅޭ ރައްޔިތުންގެ މައްޗަށް ޖެނީވާ މުއާހަދާ ތަންފީޒުކުރުމާ ގުޅޭގޮތުން ސްވިޒަލޭންޑުން ބޭއްވުމަށް މަސައްކަތް ކުރަމުން ދިޔަ ކޮންފަރެންސް ކެންސަލް ކުރިކަން ގައުމުތަކަށް އެންގި އިރު، ކޮންފަރެންސްްގައި ބައިވެރިވާން ނިންމާފައިވަނީ ވަރަށް މަދު ގައުމަކުން ކަން ތިން ޑިޕްލޮމެޓިކް މަސްދަރަކުން ރޮއިޓަރސްއަށް ހާމަކޮށްފައިވެއެވެ. 

މާރޗް 7 ގައި ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި އިސްރާއީލް އޮކިއުޕައިޑް ޓެރިޓަރީތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ހާލަތާ މެދު މަޝްވަރާކުރުމަށް މުއާހަދާގެ 196 ބައިވެރި ޤައުމުތަކަށް ދައުވަތު ދީފައިވެއެވެ. 

ފަލަސްތީނުގެ އެމްބެސެޑަރު ރޮއިޓަރސްއަށް ވިދާޅުވި ގޮތުގައި، ބައިވެރިންނާ ހިއްސާކުރެވުނު ޑްރާފްޓް ޑޮކިއުމެންޓް އެފަރާތުގެ އުންމީދުތަކާ އެއްގޮތްނުވާތީ ކޮންފަރެންސްގައި ބައިވެރިވުމަށް ނުނިންމާކަމަށް ވިދާޅުވިއެވެ. 

އިސްރާއީލުންވެސް މި ކޮންފަރެންސްއާމެދު ފާޑުކިޔާފައިވެއެވެ. 

- ކޮމެންޓް