ކ. މާލެ
|
5 މާރޗް 2025 | ބުދަ 16:03
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި 04 މާޗް 2025
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި 04 މާޗް 2025
ކަސްޓަމްސް
މަސްތުވާތަކެތީގެ މައްސަލަ
ރާއްޖެއެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.070 ކިލޯ ހުރި
މި މައްސަލައާއި ގުޅިގެން 52 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވޭ

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މި މައްސަލައާއި ގުޅިގެން ކަސްޓަމްސްއިން ބުނެފައިވަނީ މިތަކެތި އަތުލައިގަނެފައިވަނީ 2025 މާރިޗް 4 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައެވެ.

އެގޮތުން ބަލާފާސްކުރެވުނު ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.070 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 856,000 ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި އަދި މި ޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި، 52 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.

މި މައްސަލައިގައި ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރި 52 އަހަރުގެ މީހަކީ އަހުމަދު ޝަފީއު ނަމަކަށް ކިޔާ މީހެކެވެ. މ. ލައިޓް ސިގްނަލް އަހުމަދު ޝަފީއު މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި އެތެރެކުރުން އަދި ޓްރެފިކް ކުރުމެވެ.

އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ އިރު، ކޯޓު އަމުރެއްގައި ބުނެފައިވަނީ އެހެން މީހެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ކަރުދާސް ފޮށިގަނޑެއް އެ ފަރާތުގެ ބަދަލުގައި ބަލާ ގޮސް ހުރުމުން އޭނާގެ ހާޒިރުގައި އެ ފޮށިގަނޑު ބަލައިފާސްކުރި އިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 2 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

- ކޮމެންޓް