ކ. މާލެ
|
4 މާރޗް 2025 | އަންގާރަ 18:46
ކާބޯތަކެތި އިސްތިހާރުކުރުމާއި ގުޅުވައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ޤަވާއިދާއި ދެކޮޅަށް ކާނިވާ ސަރަހައްދުގައި ކުރިއަށް ދިއަ އިހުތިޖާޖުގެ ތެރެއިން
ކާބޯތަކެތި އިސްތިހާރުކުރުމާއި ގުޅުވައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ޤަވާއިދާއި ދެކޮޅަށް ކާނިވާ ސަރަހައްދުގައި ކުރިއަށް ދިއަ އިހުތިޖާޖުގެ ތެރެއިން
ރާއްޖެއެމްވީ
ކާބޯތަކެތި އިސްތިހާރު ކުރުމުގެ ޤަވާއިދާއި ދެކޮޅަށް
އެމްއެފްޑީން ނެރުނު ކާބޯތަކެތި އިސްތިހާރު ކުރުމާއި ބެހޭ ޤަވާއިދާއި ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖު ކޮށްފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކާބޯތަކެތި އިސްތިހާރު ކުރުމާ ބެހޭ ގަވާއިދު އާންމު ކުރީ ފެބަރުއަރީ މަހުގެ 20 ވަނަ ދުވަހު
އިސްތިހާރު ކުރުމުގެ ގަވާއިދުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ
ކާބޯތަކެތި އިސްތިހާރު ކުރުމަށް ކޮންމެ ފަހަރަކުވެސް އެޕްރޫވަލް ހޯދުމަށް ފައިސާ ދައްކަން ޖެހުމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބައޮތް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ޤަވައިދާއި ދެކޮޅަށް ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ އާންމުން އެއްވެ އިހުތިޖާޖު ކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އާންމު ކުރި ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގަވައިދުގައި ވާ ގޮތުން ރެސްޓޯރެންޓް ތަކުން ރޯދަ މަހަށް ނެރޭ ކާބޯތަކެތީގެ މެނޫތައްވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭނެއެވެ.

އެހެން ނަމަވެސް ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ މި ގަވައިދަށް އާންމުންގެ ފާޑުކިޔުން ބޮޑުވުމުން ސޯޝަލް މީޑިއާ ގައި ކުރާ ކާބޯތަކެތީގެ ޕޯސްޓްތައް އިޝްތިހާރުގެ ގޮތުގައި ނުބެލެވޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބުނެފައެވެ.

މާރިޗު އެއްވަނަ ދުވަހު އެމްއެފްޑިއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަވައިދުގައި އެ އޮތޯރިޓީ އަށް ހުށަހަޅައިގެން ހުއްދަ ހޯދަން ބަޔާން ކޮށްފައިވަނީ ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުން ކުރާ ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލު ކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ ހަރަކާތަށް ކަމަށެވެ.

އެހެން ނަމަވެސް މިގޮތައް ކޮށްފައިވާ ޕޯސްޓްގައި ހިމެނޭ ކާބޯތަކެއްޗަކީ ދެވަނަ އެއް ނެތް ނުވަތަ އެހެން ކާބޯއެއްޗަކާ އަޅާ ކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯ އެއް ބޭނުން ކުރާ ނަމަ ހުއްދަ ނުނަގާ ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ކަމާއި ގުޅިގެން ގިނަ ބައަކު އެއްވެއް ކާނިވާ ސަރަހައްދުގައި އިހުތިޖާޖު ކުރިއިރު، އިހުތިޖާޖުގެ ބައިވެރިން ބުނަމުން ދިއައީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހަދާފައިވާ މި ޤަވައިދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނޭ ގަވާއިދެއް ކަމަށާއި އަދި މިއީ ގަސްތުގައި ވިޔަފާރިތަކަށް ގެއްލުމެއް ދީނުމަށް ކުރިކަމެއް ކަމަށެވެ.

އިހުތިޖާޖުގެ ބައިވެރިން ބުނީ ކާބޯތަކެތި އިސްތިހާރު ކުރުމަށް ޤަވައިދެއް ހެދިފައި އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މިކަން މިހާރު ކޮށްފައި މިއޮތީ ކަމުދާ ގޮތަކަށް ނޫންކަމަށެވެ. އެގޮތުން ކޮންމެ ފަހަރަކު އެޕްރޫވަލް ހޯދަން ލާރި ދޭން ޖެހޭ ގޮތަކަށް އޮތުމަކީ މިއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް މި އިހުތިޖާޖުގައި ބައިވެރިވި ބައިވެރިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކާބޯތަކެތި އިސްތިހާރުކުރުމަށް ކޮންމެ ފަހަރަކު އެޕްރޫވަލް އެއް ހޯދަން ލާރި ދޭން ޖެހުމަކީ ސީދާ ރައްޔިތުންގެ އަތުން ކުރެވޭ ވައްކަމެއް ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެފައިވެއެވެ.

އަޅުގަނޑުމެން އިހުތިޖާޖު ކުރަމުން މިދަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ ކާބޯތަކެތި ވިއްކާ އިސްތިހާރުކުރުމުގެ ޤަވައިދާއި ދެކޮޅަށް. މި ޤަވާއިދަކީ ކުދި އަދި މެދުފަންތީގެ ބިސްނަސްތަކަށް ވަރަށް ބޮޑަށް ގެއްލުންދޭ ޤަވާއިދެއް. މި ޤަވާއިދުގައި ބުނަނީ ކާބޯތަކެތި ވިއްކާ ކޮންމެ ވިޔަފާރިއެއް ވެސް، އެމީހުންގެ ކާބޯތަކެތީގެ އެއްވެސް މަޤްބޫލުކަމެއް ހުން ައިސްތިހާރެއް ކުރަން ބޭނުންވާ ނަމަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް 1000 ނޫނީ 1500 ރުފިޔާ ދައްކަން ޖެހޭކަމަށް. ކާބޯތަކެތި އިސްތިހާރުކުރުމަށް ޤަވާއިދެއް އޮތުމަކީ ގޯސްކަމެއް ނޫން، އެއީ ރަނގަޅު ކަމެއް. އެހެން ނަމަވެސް އިސްތިހާރު ކުރާ ކޮންމެ ފަހަރަކު އެޕްރޫވަލް ހޯދަން ލާރިދޭން ޖެހުމަކީ މިއީ ވަރަށް ގޯސް ކަމެއް.

އިހުތިޖާޖުގެ ބައިވެރިން

މިދިއަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާންމު ކުރި ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގަވައިދުގައިވާ ގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ. އަދި ހުއްދަ ލިބިފައިވާ އިޝްތިހާރެއް ބަދަލު ކުރުމަކީ ވެސް މަނާ ކަމެކެވެ.

އެގޮތުން އެ އޮތޯރިޓީގެ ގަވައިދާ ޚިލާފު ވާ ފަރާތްތައް ފުރަތަމަ ފަހަރު 10،000ރ ގެ ޖުރިމަނާ އެއް އަދި ދެވަނަ ފަހަރު 100،000 ރުފިޔާގެ ޖުރިމަނާ އެއް އަދި ތިންވަނަ ފަހަރު 300،000ރ އިން ޖުރިމަނާ ކުރުމުގެ އިތުރުން ތިން ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 500،000ރ އިން ޖުރިމަނާ ކުރާނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ.

މީގެ އިތުރުން އެ ގަވައިދު އޮތް ގޮތުން ކާބޯތަކެތީގެ އިޝްތިހާރެއް ފާސް ކުރުމަށް ކޮންމެ ފަހަރަކު 1،500ރ ގެ ފީއެއް ދައްކަން ޖެހޭނެ އެވެ. މީގެ އިތުރަށް ބުނެފައިވަނީ އެނަރޖީ ޑްރިންކްސް ނުވަތަ ކާބޮނޭޓެޑް ޑްރިންކެއްގެ އިޝްތިހާރު ފާސް ކުރުމަށް 3000ރ ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އިޝްތިހާރަކަށް ބަދަލެއް ގެންނަ ކޮންމެ ފަހަރަކުވެސް ހުއްދަ ހޯދަން ޖެހޭނެއެވެ.

- ކޮމެންޓް