ކ. މާލެ
|
4 މާރޗް 2025 | އަންގާރަ 10:03
ހާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމެޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ހާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމެޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ފަނޑިޔާރުން ސަސްޕެންޑްކުރުން
"ސަސްޕެންޑް ކުރީ ތިން ފަނޑިޔާރުން އެކަންޏެއް ނޫން، ސަސްޕެންޑް ވެގެން އުޅެނީ މުޅި ސުޕްރީމްކޯޓު"
ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ބުދަ ދުވަހު
ފަނޑިޔާރު ހުސްނުއް ސުޢޫދު ވަނީ މަޤާމުން އިސްތިއުފާދެއްވާފަ

ޖޭއެސްސީން ސަސްޕެންޑް ކުރީ ތިން ފަނޑިޔާރުން އެކަނި ނޫން ކަމަށާއި ސަސްޕެންޑް ވެގެން އުޅެނީ މުޅި ސުޕްރީމްކޯޓު ކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމެޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިބުރާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ޤާނޫނުއަސާސީ އޮތީ ސުޕްރީމްކޯޓު އެއްކޮށް ސަސްޕެންޑްކުރުމުގެ ބާރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބިދީފައި ނުވާ ކަމަށެވެ. ޤާނޫނުއަސާސީގެ ތަސައްވުރަކީ މަޤާމަށް އައްޔަންކުރުމަށް ފަހު އުމުރަށް އެތާ ތިއްބަވާ ބޭފުޅުން ކަމަށާއި ޤާނޫނުއަސާސީގެ މަޙްފޫމަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ނިންމުމުގެ ނަތީޖާ އަކީ ސުޕްރީމްކޯޓު އެކީގައި ހުއްޓުން ކަމަށާއި ސުޕްރީމްކޯޓު ހުއްޓުމަކީ ޤާނޫނުއަސަސީ ހުއްދަ ކުރާ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޤާނޫނުއަސާސީ ބުނާ ގޮތުން ހަތް ފަނޑިޔާރުން ތިބެގެން ނޫނީ ނުބެލޭނެ މައްސަލަތައް ހުރުމާއި އެކު މިހާރު ސުޕްރީމްކޯޓު އޮތީ ހުރިހާ މައްސަލަ އެއް ބެލޭނެ ނިޒާމެއްގެ މަތިން ހިނގަ ހިނގާ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާނޫނުއަސާސީ އެކުލަވާލީ ޒިންމާދާރުކަމާއި އެކު ބާރުތައް ބޭނުން ކުރެވޭނެ ގޮތަކަށް ކަމަށެވެ. އެހެންނަމަވެސް އެ ބާރުތައް ނަހަމަ ގޮތުގައި މިހާރު ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާދަމާވެސް ކުއްލި ނުރައްކާ އިއުލާންކުރައްވަނީ ސަރުކާރުން. އެއީ ރައީސަށް އޮތް ބާރެއް. އެކަމަކު ޤާނޫނުއަސާސީ ލިޔުނު އިރު އެ ބާރު ދޭން ޖެހޭ ސަރުކާރަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ހާލަތެއް އައިސްދާނެތީ. އެކަމަކު އެވަރު ބާރެއް ދީފަ ލަގަން އެރުވޭނެ ގޮތެއް ނެތިއްޔާ ވަރަށް ނުރަނގަޅު ނަތީޖާ އެއް ނިކުމެދާނެކަމަށް ވިސްނިން. އެހެންވީމަ އެފަދަ ގަރާރެއް ފާސްކުރާތާ 48 ގަޑި އިރު ތެރޭ މަޖިލީހަށް ދާން ޖެހެނީ ގަރާރު ފާސްކުރަން.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމެޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލް

ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެއްފަހަރާ ކުށްލި ގޮތަކަށް ސަސްޕެންޑް ކޮށް، ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓުވާފައި ވަނީ ބުދަ ދުވަހުއެވެ. އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއް ސުޢޫދު ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. އެ މައްސަލަ އިބުރާ ވަނީ ހައިކޯޓަށް ހުށަހަޅުއްވާފައެވެ.

- ކޮމެންޓް