ކ. މާލެ
|
3 މާރޗް 2025 | ހޯމަ 19:18
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކުރުން - 03-03-2025
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކުރުން - 03-03-2025
އިސްލާމިކް މިނިސްޓްރީ
ސައުދީއިން ކަދުރު ހަދިޔާކުރުން
އިތުރު 10 ޓަނުގެ ކަދުރު ސައުދީން ރާއްޖެއަށް ހަދިޔާކޮށްފި
މިދިޔަ ރޯދަމަހާއި ދިމާކޮށް ސައޫދީން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 55 ޓަނުގެ ކަދުރު
ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ސައުދީން ދޭ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރެ

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި ހޯމަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކަދުރާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާ އެމްބަސީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން 10 ޓަނުގެ ކަދުރު ހަދިޔާކޮށްދެއްވީތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާގެ ވުޒާރާއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ސައުދީން ދޭ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރެއެވެ.

އެގޮތުން މާލެއާއި، ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހަނީ އެ އިސްލާމިކް މިނިސްޓްރީންނެވެ. އަދި ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްތަކުންނެވެ. ކޮންމެ ގޭބީސީއަކަށް 1 ޕަކެޓް ކަދުރު ދޫކުރަނީ، ކަދުރާ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު އެވެ.

މިދިޔަ ރޯދަމަހާއި ދިމާކޮށް ސައޫދީން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 55 ޓަނުގެ ކަދުރެއެވެ. އެއީ ސައޫދީ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކުރި 50 ޓަނުގެ ކަދުރާއި، ސައޫދީގެ އިސްލާމިކް މިނިސްޓްރީން ހަދިޔާކުރި ފަސް ޓަނުގެ ކަދުރެވެ.

- ކޮމެންޓް