ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 13:01
ޖެކީ ޝްރޮފް
ޖެކީ ޝްރޮފް
ގެޓީ އިމޭޖަސް
"ސާހޯ"
"ސާހޯ" ގައި ވިލަން ގެ ރޯލުން ފެންނާނީ ޖެކީ ޝްރޮފް
"ސާހޯ" ގެ ޝޫޓިން މިހާރު ވަނީ ފަށާފައި

ތަމަޅަ ފިލްމު "ސާހޯ" ގެ ވިލަން ގެ ބައިން ފެންނާނީ ޖެކީ ޝްރޮފްކަމަށް އޭނާ ބުނެފިއެވެ. "ސާހޯ" ގެ ޝޫޓިން މިހާރު ވަނީ ފަށައިފައެވެ.

ޖެކީ ޝްރޮފް ބުނީ "ސާހޯ" ގައި ވިލެންގެ ބައި ކުޅެން ލިބުމަކީ ވަރަށް އުފާވާކަމެއް ކަމަށާއި ޕްރަބާސްފަދަ މޮޅު އެކްޓަރަކާއެކީ ފިލްމު ކުޅެން ލިބުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

"ސާހޯ" ގައި ލީޑު ރޯލުން ފެނިގެންދާނީ "ބާހުބަލީ" އިން މަޝްހޫރުކަމެއް ހޯދި ޕްރަބާސް އާއި ބޮލީވުޑްގެ އެކްޓްރެސް ޝްރައްދާ ކަޕޫރެވެ.

ސަތޭކާ ފަންސާސް ކްރޯޑުގެ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ މަންޒަރުތައް ނަގަނީ ހާއްސަކޮށް ތައްޔާރުކުރާ ސެޓެއްގަ އެވެ.

މި ފިލްމު ތިން ބަހަކުން ޑަބް ކޮށްގެން ގެނެސްދޭނެއެވެ.

"ސާހޯ" ގައި ޕްރަބާސްއާ އެކު ފެނިގެންދާނީ އޭނާއާ އެކު ގިނަ ފިލްމްތަކަކުން ފެނިފައިވާ އަނުޝްކާ ޝެޓީ ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް އެ ފިލްމުން އޭނާއާ އެކު ފެނިގެންދާނީ ހިންދީ ފިލްމު އެކްޓްރަ ޝްރައްދާ ކަޕޫރު ކަމަށް މިމަހުގެ 16 ވަނަ ދުވަހު ވަނީ ހާމަކޮށްފަ އެވެ. އެކަން ޔަގީންވެފައި ވަނީ "ސާހޯ" ކުޅުމަށް ޝްރައްދާ ހުށައެޅީ 5 ކްރޯޑް ރުޕީސް އަށް ކަމަށް ބުނުމެވެ.

"ބާހުބަލީ" ފްރަންޗައިޒް ޕްރަބާސް ކުޅެފައިވަނީ 25 ކުރޯޑް އިންޑިއަން ރުޕީސްއަށެވެ. ފަހުން އޭނާ ވަނީ ފިލްމު ކުޅެދޭއަގު 30 ކުރޯޑަށް ބޮޑުކޮށްފައެވެ.

- ކޮމެންޓް