ކ. މާލެ
|
28 ފެބްރުއަރީ 2025 | ހުކުރު 15:00
އެމްޑީޕީ ރައީސް އަބުދުﷲ ޝާހިދު
އެމްޑީޕީ ރައީސް އަބުދުﷲ ޝާހިދު
އަބްދުﷲ ޝާހިދު ޓްވިޓަރ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ދިމާވާ ކޮންމެ މީހަކު އެދެނީ އެމްޑީޕީއިން މިވެރިކަން ބަދަލުކޮށްދިނުމަށް: ޝާހިދު
މަޖިލިސް އިންތިޚާބުގައި މުޢިއްޒު ދޮގުވިއްކަން ނިކުންނެވި

މަގުމަތިން ދިމާވާ ކޮންމެ މީހަކު ވެސް އެދެނީ އެމްޑީޕީއިން މިވެރިކަން ބަދަލު ކޮށްދިނުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިގޮތަށް ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ރަމްޟާން މަސް ފެށެން 1 ދުވަހަށް ވެފައި އޮއްވާ ފުލެޓް ލިބިފައިވާ 4000 މީހުންގެ ތެރެއިން ތިންހާސް އެތައް މީހެއްގެ ނަން އުނިކޮށްފައި އެދިނީ ސީދާ އަނިޔާއެއް ކަމަށެވެ.

ފުލެޓް ލިސްޓުގެ ޝަރުތުގެ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެކިއެކި ކަންކަމުގައި ޖަލުގައި ބަންދުކޮށްފައިވާ މީހާ މާލޭގައި ދިރިނޫޅެޔޭ މިސަރުކާރުން ބުނާއިރު ، ޖަލު ހުރީ މާލޭގައި ނޫންކަން އެނގިވަޑައިގަންނަވާ ކަމަށާ، އެކަމަކު ސިޔާސީ ކަންކަމާ އެނޫންވެސް ކަންކަމުގައި ޖަލުގައި ބަންދުކޮށްފައިވާ ދިވެހިން އެތަނުގައި ބަންދުގައި އަހަރުތަކެއް ހޭދަކުރިކަން، ނުވަތަ ކުރާކަން ސަރުކާރުގެ ލިޔެކިޔުންތަކުން ވެސް ފެންނަން ހުންނާނެ ކަމަށެވެ. އަދި އެފަދަ މީހުންގެ އާއިލާ ދިރިއުޅެމުން އަންނަނީ މާލޭގައި ނިކަމެތިކަމާއެކު ކަމަށާ އެއާއިލާތަކަށް ކުރިންދެންނެވި ސަބަބާއި ގުޅިގެން ޝަރުތު ހަމަވާނުވާކަމަށް ނިންމައި ފުލެޓް ލިސްޓުން ނަން އުނިވުމަކީ ދެވޭ އަނިޔާއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ހެޔޮނުވާނެނުއްތޯ މިވަރަށް އަނިޔާވެރިވާން

އަބްދުއްالله ޝާހިދު

ޝާހިދު ވިދާޅުވީ މިއަދު ދިވެހިންގެ ގިނަ ބަޔެއްގެ ހިތުގައި ޖަހާނީ ހިތްދަތިކަމުގެ ވިންދު ކަމަށެވެ. އަދި މިސަރުކާރަށް އޮތް ނަފުރަތު އިންތިހާއަށް އިތުރުވެއްޖެ ކަމަށް ވިދާޅުވިއެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ދުވަސްތަކުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ނިކުމެވަޑައިގެން ހުންނެވީ ދޮގު ދޮލަނގު އިސްތަށިފުޅަށް ލައްވައިގެން ދޮގުވިއްކަވަންކަން ޝާހިދު ހަނދާންކޮށްދެއްވިކަމަށް ވިދާޅުވިއެވެ. އަދި މިއަދު އެ ދޮގުދޮލަނގުގައި ފުޅަ ހުރި ކަމަށް ޝާހިދު ވިދާޅުވިއެވެ.

- ކޮމެންޓް