ކ. މާލެ
|
26 ފެބްރުއަރީ 2025 | ބުދަ 11:09
ޒަކިއްޔާ މަރަށް ދެމަހަށް ވުރެ ގިނަ ދުވަސް، ފުލުހުންގެ ބަހެއް ނުލިބުމުން ރައްޔިތުން މަގުމައްޗަށް
ޒަކިއްޔާ މަރަށް ދެމަހަށް ވުރެ ގިނަ ދުވަސް، ފުލުހުންގެ ބަހެއް ނުލިބުމުން ރައްޔިތުން މަގުމައްޗަށް
ރާއްޖެއެމްވީ
ޒަކިއްޔާގެ މަރު
ޒަކިއްޔާގެ މަރާއި ގުޅޭ ކުއްލި މައްސަލަ ބަލައެއް ނުގަތް
ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ ޒަކިއްޔާ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް އެބަހުރި ކަމަށް އިއުތިރާފްވެވަޑައިގަންނަވާފަ
ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެއްގެ ސަބަބުން

ޒަހަމްތަކަކާއި އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ، ނިއުލައިފް، ނ. ހޮޅުދޫ ގެ މަރުގެ މައްސަލައިގެ ތަހުގީގު ލަސްވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލަ ވެސް ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަހުގީގަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ 12 ސެޕްޓެންބަރު 2024 ގައެވެ.

މިކަމާއި ގުޅޭ ގޮތުން ކުއްލި މައްސަލަތައް ހުށަހެޅުއްވި ދެ މެމްބަރުންނަކީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ. އެ ދެބޭފުޅުން ވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާ ސަބަބު ހޯދާ އެކަން އަވަސްކުރުމަށް އެ ކުއްލި މައްސަލައިގައި ގޮވާލައްވާފައެވެ.

އެހެންނަމަވެސް ބުދަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް ވަނީ ދެ މައްސަލާގައި ވެސް ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާ ކަމަށް ނިންމަވާފައެވެ. ސަބަބަކީ މި މައްސަލަ އަކީ ފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގި ކަމަކަށް ނުވުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރިޔާސަތުގެ އެ ނިންމުމާއި މައްސަލަ ހުށަހެޅުއްވި މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް ރިޔާސަތުގެ ނިންމުން ބަދަލުކުރައްވާފައެއް ނުވެއެވެ.

ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެއްގެ ސަބަބުން ކަމުގައި މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ފުލުހުންގެ އިހުމާލު ހިމެނޭ ކަމަށް އާއްމުން ތުހުމަތުކުރަމުންދާ އިރު ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ ޒަކިއްޔާ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް އެބަހުރި ކަމަށް އިއުތިރާފްވެވަޑައިގަންނަވާފައެވެ.

- ކޮމެންޓް