ކ. މާލެ
|
25 ފެބްރުއަރީ 2025 | އަންގާރަ 17:08
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލް މިއަދުން މިއަދަށް ބިލް ދިރާސާކޮށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލް މިއަދުން މިއަދަށް ބިލް ދިރާސާކޮށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފައި
ހޫނު ހަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލު މިއަދުން މިއަދަށް ދިރާސާކޮށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލު މިއަދުން މިއަދަށް ދިރާސާކޮށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ހުށަހެޅުއްވުން ހުށަހެޅުއްވީ މިހާރު ކުރިއަށްދާ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.

އެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކްއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލް މިއަދުން މިއަދަށް ދިރާސާކޮށް ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. ޝާހިދުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރުއެވެ.

އެ ހުށަހެޅުން ފާސްކުރީ ކޮމިޓީ އަށް ހާޒިރުވެވަޑަތްގަތް 10 މެމްބަރުންގެ ތެރެއިން 7 މެމްބަރުންގެ ވޯޓާއި އެކުގައެވެ. މިއަދުން މިއަދަށް ބިލް ދިރާސާކޮަަަށް ނިންމުމާއި މެދު އެ ކޮމިޓިގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވަކި ގޮތަކަށް ވޯޓު ދެއްވާފަ އެއް ނުވެއެވެ.

ބިލުގެ މަސައްކަތް މިއަދުން މިއަދަށް ނިންމުމަށް ހުށަހެޅި ހުށަހެޅުމާއި ދެކޮޅަށް ވޯޓު ދެއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ.

މެމްބަރު މައުރޫފް ވަނީ މި މައްސަލައިގެ ސުންގަނޑި އެޕްރިލް މަހަށް ކަނޑައެޅުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަަަށް ނާޒިލް ތާއީދު ކުރެއްވިއެވެ. ނަމަވެސް ވޯޓަށް އެހުމުން ނާޒިލް އާއި މައުރޫފް ފިޔަވާ އެހެން މެމްބަރުން އެ ހުށަހެޅުމާއި ދެކޮޅަށް ވޯޓުދެއްވާފައިވާތީ އެ ހުށަހެޅުން ފާސްވެފަ އެއް ނުވެއެވެ.

- ކޮމެންޓް