ކ. މާލެ
|
24 ފެބްރުއަރީ 2025 | ހޯމަ 21:25
ޔުކްރެއިން ހަނގުރާމަ އަށް ތިން އަހަރު ފާހަގަ ކުރަން ޔޫރަޕްގެ ލީޑަރުން ކީވް ގައި
ޔުކްރެއިން ހަނގުރާމަ އަށް ތިން އަހަރު ފާހަގަ ކުރަން ޔޫރަޕްގެ ލީޑަރުން ކީވް ގައި
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޔުކްރެއިން ހަނގުރާމަ އަށް 3 އަހަރު ފުރުން ފާހަގަ ކުރުމަށް ޔޫރަޕްގެ ލީޑަރުން ކީވް އަށް ވަޑައިގެންފި
ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕް ގައި ހިނގަމުންދާ އެންމެ ނުރައްކާތެރި ހަނގުރާމަ އަށް 3 އަހަރު ފުރުން ފާހަގަ ކުރުމުގެ ސަމިޓަށް ކީވް އަށް ވަޑައިގެންނެވި ލީޑަރުންގެ ތެރޭގައި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާއި ޔޫރަޕް ގައުމުތަކުގެ އިތުރުން ކެނެޑާގެ ވެރިން ހިމެނިވަޑައިގެންނެވި.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހޯމަ ދުވަހު ޔޫރަޕުގެ އިސް ލީޑަރުންނާއެކު ރަޝިޔާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް 3 އަހަރު ފުރުން ފާހަގަ ކުރައްވައިފިއެވެ.

އެހެންނަމަވެސް އެމެރިކާގެ އިސް އޮފިޝަލުން މި ހަފްލާގައި ބައިވެރިނުވުމުން، ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތު ރަޝިޔާ ކޮޅަށް ބުރަވާކަން ހާމަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.ޓްރަމްޕް ދާދި ފަހުން ޒެލެންސްކީ "ޑިކްޓޭޓަރެއް" ގެ ގޮތުގައި ސިފަކުރެއްވުމާއި، ހަނގުރާމަ ފެށުމުގެ ތުހުމަތު ކުރެއްވުމާ އެކުވެސް، ކީވް އިން ވަނީ އެމެރިކާއާއެކު ޔުކްރެއިންގެ މައުދަނުގެ ވަސީލަތްތަކަށް އެމެރިކާ އަށް ވާސިލުވުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާކަން ހާމަކޮށްފައެވެ.ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަރ ލެޔަން އާއި އެހެނިހެން ގިނަ ޔޫރަޕުގެ ލީޑަރުން ކީވް އަށް ވަޑައިގެން، ޔުކްރެއިން އަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ. ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑެރިކްސެން ވިދާޅުވީ ޔޫރަޕުގެ ޤައުމުތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.އެމެރިކާއިން ވަނީ ފާއިތުވި ހަފްތާގައި ސައުދީ އަރަބިއްޔާގައި ރަޝިޔާއާއެކު ހަނގުރާމަ ހުއްޓުވުމުގެ ސީދާ މަޝްވަރާތަކެއް ފަށާފައެވެ. މި ބައްދަލުވުމުގައި ޔުކްރެއިން އާއި ޔޫރަޕް ބައިވެރިކޮށްފައެއް ނުވެއެވެ. މިއީ އެމެރިކާގެ އައު ސަރުކާރުން ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގައި ގެންގުޅެމުން އައި ސިޔާސަތައް ވަރަށް ބޮޑު ބަދަލެއް ގެނައިކަން ހާމަ ވެގެން ދިޔަ ކަމެއް ކަން ރިޕޯޓުތައް ބުނެއެވެ،

ޔޫރަޕްގެ ލީޑަރުންނާ ބައްދަލު ކުރައްވާ ޒެލެންސްކީ ވިދާޅުވީ މި އަހަރަކީ ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމުގެ އަހަރަކަށް ވާންޖެހޭނެ ކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕް ގައި ހިނގަމުންދާ އެންމެ ނުރައްކާތެރި ހަނގުރާމަ އަށް 3 އަހަރު ފުރުން ފާހަގަ ކުރުމުގެ ސަމިޓަށް ކީވް އަށް ވަޑައިގެންނެވި ލީޑަރުންގެ ތެރޭގައި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާއި ޔޫރަޕިއަން ކައުންސިލް ގެ ރައީސް ގެ އިތުރުން ކެނޑާ، ޑެންމާކް، އައިސްލޭންޑް، ލެޓްވިއާ، ލިތުއޭނިއާ، ފިންލޭންޑް، ނޯވޭ، ސްޕެއިން، އަދި ސްވިޑްންގެ ލީޑަރުން ހިމެނިވަޑައިގަންނަވައެވެ.

- ކޮމެންޓް