ކ. މާލެ
|
24 ފެބްރުއަރީ 2025 | ހޯމަ 19:08
ރައީސް މުއިއްޒު ދ. މީދޫ ކައުންސިލް އާ ބައްދަލު ކުރެއްވުން - 24 ފެބްރުއަރީ 2025
ރައީސް މުއިއްޒު ދ. މީދޫ ކައުންސިލް އާ ބައްދަލު ކުރެއްވުން - 24 ފެބްރުއަރީ 2025
ރައީސް އޮފީސް
ރައީސްގެ ދ. ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ ދ. މީދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މީދޫ ކައުންސިލާއެކު ބޯހިޔާވަހިކަމުގެ މައްސަލަ، ކުނީގެ މައްސަލަ، ބަނދަރު ތޮށްޖެހުން، ބިންހިއްކުން، ރަށުގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރުން އަދި ޒުވާނުންނަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި
މީދޫގެ ތަފާތު މުއައްސަސާތަކުން ސަރުކާރުން ކުރައްވާފައިވާ ކަންކަމަށް ޝުކުރު އަދާކުރި
ރައީސުލްޖުމްހޫރިއްޔާ މީދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ހުޅުވައިދެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދ. މީދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ހޯމަ ދުވަހު ހަވީރު މީދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މީދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރެއްވިއެވެ. މިގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށާއި ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދެއްވުމަށާއި، ބަނދަރު ތޮށްޖެހިފައިވާ މައްސަލައަށް ހައްލެއް ބޭނުންވާކަމަށާއި، ބިން ހިއްކުމުގެ ސަބަބުން މޫދަށް އެރޭނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުން ހުރި ކަންބޮޑުވުންތައް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރަށުގެ ޞިއްޙީ މަރުކަޒު، ލެވެލް ހަތަރަކަށް މަތިކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ޒުވާނުންނަށް ބޭނުންވާކަންކަންވެސް ތަފްޞީލީ ގޮތެއްގައި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ. ހަމައެއާއެކު ކައުންސިލުން ވަނީ އަންނަން އޮތް ޖީލަށްޓަކައި ވޭޕް މަނާކުރުމަށް ސަރުކާރުން ނެންގެވި ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ވަނީ ސަރުކާރުން ރަށަށް ގިނަ ކަންކަން ކޮށްދެއްވާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މީދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އަލަށް ޤާއިމުކުރި ބޭންކް އޮފް މޯލްޑިވްސް އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

- ކޮމެންޓް