ކ. މާލެ
|
19 ފެބްރުއަރީ 2025 | ބުދަ 09:59
ރާއްޖެ އިން ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން
ރާއްޖެ އިން ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން
ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
މިދިޔަ އަހަރު ވެސް ރާއްޖޭގައި ވަނީ ކާވާގެ ބައިނަލްއަޤުވާމީ މުބާރާތްތަކެއް ބާއްވައިފަ އެވެ. އޭގެ ތެރޭގައި މިއަހަރު ވެސް އޮންނަ ކާވާ މެންސް އަދި ވިމަނަސް ޗެމްޕިއަންޝިޕް ހިމެނެ އެވެ.

ސެންޓްރަލް އޭޝިއާ ވޮލީ ބޯޅަ އެސޯސިއޭޝަން (ކާވާ)ގެ ބައިނަލްއަޤުވާމީ ހަތަރު މުބާރާތެއްގައި މިއަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން 2025 ވަނަ އަހަރު އެ އެސޯސިއޭޝަންގެ ކަލަންޑަރު ހާމަކޮށްފައިވާއިރު، ކާވާގެ ހަތަރު މުބާރާތް ރާއްޖޭގައި އޮންނާނެ ކަމަށް ވަނީ ހިމަނައިފަ އެވެ.

އެއީ ކާވާ މެންްސް ޗެމްޕިއަންޝިޕް، ކާވާ ބީޗު ވޮލީ ބޯލް ނޭޝަންސް ލީގު، ކާވާ ބީޗު ވޮލީ ބޯލް ޗެމްޕިއަންޝިޕް އަދި ކާވާ ވިމެންސް ޗެމްޕިއަންޝިޕް އެވެ.

މީގެ ތެރެއިން މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުން، 24 ވަނަ ދުވަހަށް ކުރިއަށް ގެންދިޔުމަށް ތާވަލްކޮށްފައި ވަނީ ކާވާ މެންސް ޗެމްޕިއަންޝިޕް އެވެ. އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގަ އެވެ.

މީގެ އިތުރުން ކާާވާ ބީޗު ވޮލީ ބޯލް ނޭޝަންސް ލީގު އަދި ކާވާ ބީޗު ވޮލީ ބޯލް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެގޮތުން އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުން 11 އަށް ކުރިއަށް ދާނީ ބީޗު ވޮލީ ނޭޝަންސް ލީގެވެ. އަދި އެ މަހުގެ 13 އިން 15 އަށް ކުރިއަށް ދާނީ ބީޗު ވޮލީ ޗެމްޕިއަންޝިޕް އެވެެ.

މި ދެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީގަ އެވެ.

ހަތަރު ވަނަ މުބާރާތެއްގެ ގޮތުގައި ކާވާ ވިމަންސް ޗެމްޕިއަންޝިޕް ބާއްވަން ތާވަލް ކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 24 އިން 30 އަށެވެ. އެ މުބާރާތް ވެސް އޮންނާނީ ޒުވާނުންގެ މަރުކަޒުގަ އެވެ.

މިދިޔަ އަހަރު ވެސް ރާއްޖޭގައި ވަނީ ކާވާގެ ބައިނަލްއަޤުވާމީ މުބާރާތްތަކެއް ބާއްވައިފަ އެވެ. އޭގެ ތެރޭގައި މިއަހަރު ވެސް އޮންނަ ކާވާ މެންސް އަދި ވިމަނަސް ޗެމްޕިއަންޝިޕް ހިމެނެ އެވެ.

- ކޮމެންޓް