ކ. މާލެ
|
18 ފެބްރުއަރީ 2025 | އަންގާރަ 11:56
ސުޕްރީމްކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގެ ތެރެއިން
ސުޕްރީމްކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގެ ތެރެއިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު
ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބެލޭނެ ކަމަށް ނިންމައިފި
މެމްބަރަކު ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމްކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނެފައިވާއިރު އެމްޑީޕީން ޤަބޫލުކުރަނީ މައްސަލަ ސުޕްރީމްކޯޓަށް ބެލޭނެ ކަމަށް
އަލީ ހުސައިންއަށް މި މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީއަށް ގެނައި 6 ވަނަ އިސްލާހުގެ މާއްދާ 73 ބާތިލުކޮށްދިނުމަށް އެދި
ދައުލަތުގެ ފަރާތުން މި މައްސަލައިގައި ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ އެދިފަ

ޕާޓީ ބަދަލު ކުރުމުން މެމްބަރުކަން ގެއްލޭ ގޮތައް ގާނޫނުއަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ނުބޭލެނެ ކަމަށް ކަނޑައެޅުމަށް އެޓާރނީ ޖެނެރަލް އޮފީހުން ހުށަހެޅި ހުށަހެޅުން ބަލައި ނުގަތުމަށް ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މި މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސައިންއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ދުސްތޫރީ މައްސަލައެއް ގޮތުގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މައްސަލަ ހުށަހެޅުއްވި ފަރާތާއި މައްސަލަ އަށް ތަދައްހުލުވެފައިވާ އެމްޑީޕީން ވެސް ޤަބޫލުކުރަނީ މި މައްސަލަ ސުޕްރީމްކޯޓަށް ބެލޭނެ ކަމަށެވެ.

އެ އިޖުރާއީ ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި އެމައްސަލަ ކޯޓުން ބެލޭނެތޯ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތް ހުކުމުގައި ހިމަނަން ނިންމާފައިވެއެވެ.

ދައުލަތުގެ ފަރާތުން މި މައްސަލައިގައި ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ އެދިފައެވެ. ޝަރީއަތުން ވަނީ އެ ފުރުސަތު ދިނުމަށް ނިންމާފައެވެ.

ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ފަށާފައި ވަނީ ހޯމަ ދުވަހުއެވެ.

މި މައްސަލައިގައި ވަކީލު އަލީ ހުސެއިން ހަވާލާ ދެއްވާފައިވާ ގަޒިއްޔާއަކީ، 20 ނޮވެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ގާނޫނު ނަންބަރު 25/2024 (ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ އެ މެމްބަރަކު ސިޔާސީ ޕާޓީ އިން ވަކިކޮށްފިނަމަ، މެމްބަރުކަމުން ވަކިވާ ގޮތަށް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެސްފައިވާ ބަދަލުތައް، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ކަމަށް ދެކިގެން، އެ މާއްދާ ބާތިލު ކޮށްދިނުމަށް އެދި ހުށަހެޅުމުން ބަލަމުންދާ މައްސަލައެކެވެ.

- ކޮމެންޓް