ލ. މާބައިދޫ ކައުންސިލް މެމްބަރު ހަސަން ޒަރީރު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.
މާބައިދޫ ކައުންސިލް މެމްބަރު ޒަރީރު އަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލް މެމްބަރެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީރު ނިޔާވީ ކުއްލި ގޮތަކަށް މެޔަށް ތަދެއް އަރައިގެން އަންގާރަ ދުވަހު ހަވީރުއެވެ.
އެރަށު ހެލްތު ޕޯސްޓަށް ގެންދިޔައިރު ވެސް ޒަރީރު ވަނީ ނިޔާވެފަ އެވެ.
ޒަރީރު ނިޔާވިއިރު އޭނާގެ އުމުރަކީ 58 އަހަރެވެ.
އިސްދޫ ދާއިރާގެ މަޖިލިސް މެމްބަރު އިސްމާއީލް ޝަފީއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަރީރު އަކީ މާބައިދޫގެ އެންމެންގެ ލޯބި އަބަދުވެސް އޮންނަ ބޭފުޅެއް ކަމަށެވެ.