ލ. މާބައިދޫއިން ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމު ކޮށްފިއެވެ.
އެރަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 75 ގޯއްޗެވެ.
މާބައިދޫ ކައުންސިލުން ބުނީ، 3 ޖެނުއަރީ 2022 ވަނަ ދުވަހު ކޮށްފައިވާ އިއުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ބަލާފައިވާ ކަމަށެވެ. އަދި އެޝަކުވާތައް ބެލުމަށްފަހު ދާއިމީ ލިސްޓް އާއްމުކޮށްފައިވާ ކަމަށެވެ.
މާބައިދޫއިން 75 ގޯތި ދޫކުރާއިރު، އެންމެ މަތިން ތިން މީހަކަށް 86 ޕޮއެންޓް ލިބިފައިވެއެވެ. އަދި އެންމެ ދަަށުން 8 މީހަކަށް 60 ޕޮއެންޓް ލިބިފައިވެއެވެ.
މިގޯތިތައް ދޫކުރުމާއެކު، މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ.