Advertisement
ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 10:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ލ. މާބައިދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ލ. މާބައިދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
މާބައިދޫގެ ތަރައްގީ
މާބައިދޫ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް އިތުރު ޚިދުމަތްތައް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ބޮޑެތި މަގުތަކުގައި ތާރުއެޅުން
ގިރާ ސަރަހައްދު ހިމާޔަތްކޮށް މޫދަށް އެރޭނެ ތަނެއް ހެދުން

މާބައިދޫގެ ސިއްހީ މަރުކަޒު އިތުރު ވަސީލަތްތަކާއެކު 24 ގަޑިއިރަށް ހިދުމަތްދެވޭ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ލ. މާބައިދޫއަށް ވަޑައިގެން ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ފުރަތަމަ ފަހަރަށް މާބައިދޫން މެޖޯރިޓީ ވޯޓު ކަށަވަރުވާނެކަމަށެވެ. ރައީސް ވިދާޅުވީ އިންތިހާބެއް ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ނަތީޖާ ބަދަލުކުރުމަށް ބޭނުންވަނީ 1 ވޯޓު ކަމަށާއި ކިތައްމެ ބުރަ މަސައްކަތެއް ކުރި ނަމަވެސް ނަތީޖާ ބަދަލުކުރުމަށް ބޭނުންވާ ވޯޓު އެއީ މުހިންމު ވޯޓެއް ކަމަށެވެ. ރައީސް ވަނީ ކޮންމެ ބޭފުޅަކުވެސް ފަރުވާތެރިކަމާއެކު ނުކުމެ ވޯޓު ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ މި ދަތުރުގައި ފެންނަނީ ވަރަށް އުއްމީދީ އުފާވެރި މަންޒަރެއްއް ކަމަށެވެ. ރައީސް ވިދާޅުވީ މާބައިދޫގެ ތަރައްގީއަށް ގިނަ ކަންކަން ކުރެވިއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި މާބައިދޫ ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއު އެދޭގޮތަށް ކޮށްދެއްވާނެ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގެ ހިދުމަތުގެ ވަގުތު އިތުރުކޮށް ކުރިއަށް އޮތް ދައުރު 24 ގަޑިއިރަށް ބަދަލުކޮށް ހިދުމަތް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. އަދި 24 ގަޑިއިރަށް ބަދަލުކުރަނީ ނަންބޯޑެއް ނޫން ކަމަށާއި، އެއީ 2018 ވަނަ އަހަރު ފެނުނު މަންޒަރެއް ކަމަށެވެ. ރައީސް ވިދާޅުވީ 24 ގަޑިއިރަށް ބަދަލުވާއިރު އެތަނަށް ބޭނުންވާ ވަސީލަތްތައް ވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޮޑެތި މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރައްވާނެ ކަމަށާއި، ސްކޫލަށް އިތުރަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލާއި ކްލާސްރޫމް ގާއިމްކޮށްދެއްވާ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއެކު މޫދަށް އެރޭނެ ސަރަހައްދެއް ހައްދަވާނެ ކަމަށެވެ. މީގެ އިތުރުން ޒުވާނުން ބޭނުންވާ އިންޑޯ ޖިމާއެކު ޔޫތު ސެންޓަރު ގާއިމުކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް