ކ. މާލެ
|
3 ފެބްރުއަރީ 2025 | ހޯމަ 19:41
ރޯޝަނީ މަގުން ނުބައިވަސް ދުވާތީ އާޒިމް އެ ސަރަހައްދުގައި ހުންނަވާ ދެއްވި އިންޓަރވިއު
ރޯޝަނީ މަގުން ނުބައިވަސް ދުވާތީ އާޒިމް އެ ސަރަހައްދުގައި ހުންނަވާ ދެއްވި އިންޓަރވިއު
ރާއްޖެއެމްވީ
ރޯޝަނީ މަގުގައި ނުބައިވަސް ދުވުން
"ރޯޝަނީ މަގުގައި ނުބައިވަސް ދުވަމުން އައީ ދެ ތަނެއްގެ ފާހާނާ އާއި ސިންކް ހޮޅި މަގަށް ވާ ގޮތަށް ބެހެއްޓުމުން"
އާޒިމް ވަނީ އެފަދަ ކަންކަން ނުކުރުމަށާއި އެފަދަ ކަމެއް ހިނގާކަން އެނގުމުން ނުފޮރުވުމަށް އިލްތިމާސްކުރައްވާފަ
(އެޗްޕީއޭ) އިން މި މައްސަލައިގައި ވީ އެންމެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވި

ރޯޝަނީ މަގުގައި ނުބައިވަސް ދުވަމުން އައީ އެ ސަރަހައްދުގައި ހުރި ގެއަކާއި ހޮޓަލަކުން ފާހާނާ އާއި ސިންކް ހޮޅި މަގަށް ވާ ގޮތަށް ބެހެއްޓުމުންކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ރޯޝަނީ މަގުގައި ނުބައިވަސް ދުވާތީ އެކަމުގެ ޝަކުވާ އަބަދުވެސް އާއްމުން ކުރަމުންދާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމަށް މިދިޔަ ދެ މަސް ދުވަސް ވަންދެން މަސައްކަތްކޮށްފައިވާނެ ކަަމަށާއި އޭގެ ސަބަބު މީގެ ކުރިން ދެނެގަނެވިފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އާއްމުކޮށް ނަޖިސް އަރާކަމަށް އާއްމުން ބުނާ ފަޅި މާލެ ސިޓީ ކައުންސިލުން ވާނީ ސާފުކޮށްފަ ކަމަށާއި އެއީ ވަރަށް ބުރަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އާއި ގުޅިގެން އެ މަސައްކަތްކޮށްފައިވާ އިރު އެއީ ވަަރަށް ނަޖިސް މަސައްކަތަކަށް ވުމުން އެ މަސައްކަތް ކުރާ މީހުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެއްވެސް މީހަކު އާއްމުންނަށް އުނދަނގޫވާގޮތަށް އެކަން ނުކުރަން. މި ހިސާބުގެ ހުރިހާ ކާނެއް ފުރިފަ. ފުރެނީ ކޭބަލް ކާނުތައް. ތެލާއި އެއްވެފަ މި ހުންނަނީ. މުޅިތަން އިންސްޕެކްޓް ކުރި އިރު ކުރިން ނުފެނޭ އެއްޗެއް އަންނަ ތަނެއް. ކުރިން މީހުން ބުނަނީ އަޅަނީ އޭ އެއްޗެހި. އެކަމަކު ސާފުކުރިތާ ހަފްތާ އެއް ނުވަނީސް ފުރުނީމަ ބެލުނީ. ކާނުތައް އެއްކޮށް ނަގައިގެން ބެލި އިރު އެނގުނީ އެތަނުގަ ހުރި ގެއަކާއި ކެފޭއަކުންކަން މި އެއްޗެހި އަންނަނީ.
މޭޔަރ އާދަމް އާޒިމް

އާޒިމް ވަނީ މިހާރު އެ ކެފޭ ބަންދުކޮށްފައިވާ ކަމަށާއި ދިމާވި މައްސަލަ ހައްލު ނުކޮށް ކެފޭގެ ހުއްދަތައް ނުދިނުމަށް އެދިފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި މައްސަލައިގައި ވީ އެންމެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަަމަށް ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވި ގޮތުގައި މައްސަލަ ދިމާވި ގޭގެ ނަޖިސް ހޮޅި މިވަގުތު ވަނީ ބަންދުކޮށްފައެވެ. ބައެއް ތަންތަނުގައި ހުރީ ކުރީގެ ޖަންގްޝަންތައް ކަމަށް ވުމާއި އެކު މިއީ ގަސްތުގައި ކުރާ ކަމެއް ކަމަށް ސީދާ ބުނަން ނޭނގޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ އެފަދަ ކަންކަން ނުކުރުމަށާއި އެފަދަ ކަމެއް ހިނގާކަން އެނގުމުން ނުފޮރުވުމަށް އިލްތިމާސްކުރައްވާފައެވެ.

މި ހާލަތުގައި ރައްޔިތުން އުޅޭތާ އެތައް ދުވަހެއް ވެފައިވާ ކަަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މަސައްކަތް ކުރަނީ ވީހާވެސް ބޮޑަށް އާއްމުންނަށް ފަހިކޮށްދިނުމަށް ކަމަށެވެ. އެހެންކަމަށް ވާއިރު މިފަދަ ކަންކަމުގެ ސަބަބުން އާއްމުންނަށް ވަރަށް ބޮޑު ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް