ސޫރިއާ ގެ ރައީސް ތުރުކީ އަށް އަންގާރަ ދުވަހު ވަޑައިގަންނަވަނީ
ސޫރިއާގެ ވަގުތީ ރައީސް އަޙްމަދު އައް-ޝަރާޢު އަންގާރަ ދުވަހު ތުރުކީއަށް ޒިޔާރަތްކުރައްވާނެ ކަމަށް ތުރުކީގެ ރިޔާސީ ގަނޑުވަރުން ބުނެފިއެވެ. މިއީ ޑިސެމްބަރު މަހު ބައްޝާރު އަލް-އަސަދު ވެރިކަމުން ވައްޓާލުމަށްފަހު އޭނާ ކުރައްވާ ދެވަނަ ބައިނަލްއަޤްވާމީ ދަތުރުފުޅެވެ.
އައް-ޝަރާއު ތުރުކީ އަށް ވަޑައިގަންނަވަނީ ތުރުކީގެ ރައީސްގެ ތައްޔިބް އުރުދުޣާން ގެ ދައުވަތަކަށް ކަމަށް އެ ގައުމުން ހާމަ ކޮށްފައިވެއެވެ.
ސޫރިއާ ގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އައް-ޝަރާއު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ސައުދީ އަރަބިއްޔާ އަށެވެ.